ފަށްކުރުމެއް!: ނޫޙުގެފާނު އަވަހާރަވުމުގެ ވަޤުތުގަ ދަރިންނަށް ކުރުމަށް އަމުރުކުރެއްވެވި 2 ކަންތަކާ ނަހީރެއްވެވި 2 ކަންތައް!

ކިޔުމަށް ހޭދަވާނީ 1މ 34ސ
ފަށްކުރުމެއް!: ނޫޙުގެފާނު އަވަހާރަވުމުގެ ވަޤުތުގަ ދަރިންނަށް ކުރުމަށް އަމުރުކުރެއްވެވި 2 ކަންތަކާ ނަހީރެއްވެވި 2 ކަންތައް!

ޢަލީ އިޙްޞާން ފިރާޤް

 

نوح عليه السّلام އަވަހާރަވުމުގެ ކުރީން އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަޞިއްޔަތް ކުރައްވާ ނަސޭހަތްދެއްވެވިއެވެ. عبدالله بن عمرو ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. ނޫޙުގެފާނު އަވަހާރަވުމުގެ ވަގުތު ޖެހުމުން އެކަލޭގެފާނުގެ ދަރިދަރިކަލުން ގެންނަވައިފައި ވިދާޅުވިއެވެ.  

[ތިމަންކަލޭގެފާނު ތިޔަ ދަރީންނަށް ވަޞިއްޔަތެއް ކުރަމުއެވެ. ދެކަމަކަށް އަމުރު ކުރަމެވެ. ދެކަމެއް ނަހީކުރަމެވެ. މާތްﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަން ޤަބޫލުކޮށް އެކަމުގައި ޢަމަލުކުރުންމަތީ ދެމިތިބުމަށް ދަރިފުޅުމެންނަށް ބައްޕަ އަމުރުކުރަމެވެ. އެހެނީ ހަތްއުޑާއި ހަތްބިން ތިލަފަތެއްގެ އެއްކޮޅަށްލައި އަނެއްކޮޅަށް  لا إلهَ إلّا اللهُ މި ކަލިމަ ލީނަމަ އެކަލިމަތަށް ލީފަރާތް ބަރުވާ ހުއްޓެވެ. އަދި މިކަލިމަތަކުގެ ކުރިމަތީގައި ހަތްއުޑާއި ހަތްބިން ސިފަކުރެވެނީ ކުޑަކުޑަ ބޮޅެއްގެ ސިފައިގައެވެ.  

އަދި ދަރިފުޅުމެން ގިނަގިނައިން سُبحانَ اللهِ وبحَمدِه މިކަލިމަތައް ކިޔުމަށް ބައްޕަ ވަޞިއްޔަތް ކުރަމެވެ. އެކަލިމައަކީ އެންމެހައި ތަކެތި ގެ މަތިވެރި ޒާތުފުޅާ ގުޅައިލުމުގެ ސިއްރެވެ. ޚަލްޤުތަކުންނަށް އޭގެ ސަބަބުން ރިޒްޤުދެއްވައެވެ. އަދި ދަރިފުޅުމެން މާތް އަށް ޝަރީކުރުމާއި ބޮޑާވެ ކިބުރުވެރިވުން ބައްޕާ ނަހީކުރަމެވެ.] {الألباني (ت ١٤٢٠)، السلسلة الصحيحة ١٣٤إسناده صحيح} މި ރިވާޔަތަކީ ޞައްޙަ ރިވާޔަތެކެވެ.

 

މިއަދު އޮންލައިން