އިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިސްރަށްވެހިންނަށް ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ހުޅުމާލެ އިސްރަށްވެހިންގެ ނާދީ ގުޅިގެން، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ސްކޭމްތަކުން ރައްކާތެރިވުމާއި ގުޅޭ ހޭލުންތެރިކުރުވުމުގެ ޚާއްޞަ ސެޝަނެއް ބާއްވައިފިއެވެ.

ހިޔާ 8 ގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި ސެޝަނަކީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ އެކި ބާވަތުގެ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާއި، މިފަދަ ކަންކަމަށް ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކުގެ މަޢުލޫމާތު އިސްރަށްވެހިންނަށް ފޯރުކޮށްދިނުމަށް ބޭއްވި ސެޝަނެކެވެ.

އިސްރަށްވެހިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އަމާޒުކޮށްގެން މިފަދަ ތަފާތު ހަރަކާތްތައް ކޮންމެ ހަފުތާއަކުވެސް އިސްރަށްވެހިންގެ ނާދީގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އަދި ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ދޮށީ ޢުމުރުގެ ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން، އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، ހުޅުމާލެ އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027587 ގުޅުއްވުމަށް ނާދީން ވަނީ އެދިފައެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން