3 ވަނަ ރަކްއަތަށް ތެދުވާފަހުން 2 ވަނަ ރަކްޢަތުގަ މެދު އައްތަޙިއްޔާތު ނުކިޔޭކަން ހަނދާން ވެއްޖެނަމަ ކަންތައްކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 25ސ
3 ވަނަ ރަކްއަތަށް ތެދުވާފަހުން 2 ވަނަ ރަކްޢަތުގަ މެދު އައްތަޙިއްޔާތު ނުކިޔޭކަން ހަނދާން ވެއްޖެނަމަ ކަންތައްކުރަން އޮތް ގޮތް-

ފުރަތަމަ އައްތަޙިއްޔާތު ނުކިޔައި 3 ވަނަ ރަކްޢަތަށް ތެދުވެވިއްޖެނަމަ ހަދަންޖެހޭނެ ގޮތަކާއިމެދު ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.  

ޖަވބަކީ: 

ނަމާދުގަ، ހަނދާންނެތިގެން ފުރަތަމަ އައްތަހިއްޔާތު ނުކިޔައި ތެދުވެވެން އުޅުނު ނަމަ އަލުން އަނބުރާ އިށީންނާނީއެވެ. ނަމަވެސް ކޮޅަށް ތެދުވެވިއްޖެ ނަމަ (އަލުން ނުއިށީނދެ) ބާކީ ބައާއިގެން ކުރިއަށްދާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހައި ސަލާމް ދޭނީއެވެ.

- ޖަވާބުދެއްވީ: ޝައިޚް ޢަލީ ޒައިދު

މިއަދު އޮންލައިން