އިރު އިންތިހާއަށް ކައިރިއަށް ތިރިވެ ލިބޭ ގަދަހޫނުގެ ސަބަބުން ކުޑަދޫބޭރަށް ނުކެމެ ތެޅިފޮޅެންޖެހޭނެ ދުވަހާއިމެދު އެބަވިސްނަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އިރު އިންތިހާއަށް ކައިރިއަށް ތިރިވެ ލިބޭ ގަދަހޫނުގެ ސަބަބުން ކުޑަދޫބޭރަށް ނުކެމެ ތެޅިފޮޅެންޖެހޭނެ ދުވަހާއިމެދު އެބަވިސްނަމުތަ؟

ޤިޔާމަތް ދުވަހު އިރު ހުންނާނީ އިންތިހާއަށް ކައިރިއަށް ތިރިވެފައެވެ. މިއަދު އިރު އެހާދުރުގައި ހުރިއިރުވެސް ހޫނުގަދަކަމުން ކެތްނުކުރެވިގެން އުޅެންޖެހި، އަދި އެތައް ބައަކު ކޮންމެ އަހަރަކު އެހޫނުގެ ސަބަބުން މަރުވަމުންދާއިރު އެދުވަހުގެ ޙާލަތާއިމެދު އެބަ ވިސްނައިލެވޭ ހެއްޔެވެ؟ 

ޤިޔާމަތް ދުވަހު ޙޫނު ގަދަވެ އިންތިހާއަށް ފެންބޮވައިގެންފައިވާ ހާލަތުގައި ފެން ފޮދެއް ލިބެން އޮތީ ވެސް ﷲ ތަޢާލާ އަށާއި ރަސޫލް () އަށް ތަބާވެގެންނެވެ. އެހެނީ މީސްތަކުން ޤިޔާޔާމަތް ދުވަހު ފެންފޮދެއް ލިބޭނީ ކައުޘަރު ކީ އާރުންނެވެ. އެއާރު ﷲ ތަޢާލާ ވަނީ ރަސޫލް () އަށް ދެއްވަވައިފައެވެ. 

އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި ކައުޘްރު އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ." (އަލްކައުޘްރު: 1) 

ޤިޔާމަތް ދުވަހު އިރު ދާދިގާތަށް ތިރިވެފައި ހުންނާނެކަމާއި ﷲ ތަޢާލާ ހިޔާވަހިކަން ދެއްވެވި އަޅަކަށް މެނުވީ އިންތިހާއަށް ހޫނުގަދަވާނެކަމުގެ ވާހަކަތަކާއި ޤިޔާމަތް ދުވަހަކީ 50،000 އަހަރަށް ދެމިގެންދާނެ ދުވަހެއްކަމުގެ ވާހަކަތައް އަބަދުހެން އެބަ އަޑުއަހަމުއެވެ. 

"ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، މަލާއިކަތުންނާއި، ޖިބްރީލްގެފާނު، އެކަލާނގެ ޙަޟްރަތަށް އަރާވަޑައިގަންނަވާނެތެވެ." (އަލްމަޢާރިޖް: 4)   

ދުނިޔެއަށް އުފަންވީ އެންމެހައި މީހުންނާއި އުފަންވާނެ އެންމެންގެ ތެރެއިން ރަސޫލް () އެންމެ މަތިވެރި ކުރައްވަވައި ޤަދަރު އުފުއްލެވީ އެންމެހައި މީސްތަކުން އުފެއްދެވި، އެންމެހައި މީސަތަކުންގެ ވެރި ﷲ ތަޢާލާއެވެ. އެއީ އެއްވެސް މީހަކު ނުވަތަ ބައަކު ކުރި ކަމެއް ނޫނެވެ. 

ޤިޔާމްތުގެ ތާޅަފިލި ފުމެލެއްވެވުމުން ބިންގަނޑު އެންމެ ފުރަތަމަ ފެޅިގެންދާނީ ރަސޫލް () އަށެވެ. އަދި ބިންގަނޑުފެޅިގެންދިއުމުން އެންމެ ފުރަތަމަ ކައްވަޅުން ތެދުވެވަޑައިގަންނަވާނީ ވެސް ރަސޫލް () އެވެ. އަދި ސުވަރުގެގޭގެ ދޮރުކޮޅު ހުޅުއްވަވާނީވެސް ރަސޫލް () އެކަމަށް އެދިވަޑައިގަތުމުންނެވެ. އަދި އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީވެސް ރަސޫލް () އެވެ. 

ދެން ބަލައިލަންވީ ރަސޫލް () ގެ ބަސްފުޅުތައް ދޮގުކޮށް ދެކޮޅުވެރިވީ މީހުންގެ ޙާލާއިމެދުގައެވެ. އެމީހުންނަކީ ދުނިޔެއާއި ޢާޚިރަތުގައި ލަޢްނަތް ލެއްވިގެންވާނެ ބައެކެވެ. ޤިޔާމަތް ދުވަހު އެމީހުންނަށް ހުރީ ގަދަފަދަ ޢަޛާބެވެ. 

ރަސޫލް () ގެ ރިސާލަތު އެމީހަކާއި ހަމައަށް ފޯރައި އެ ރިސާލަތަށް އީމާން ނުވެ މަރުވެއްޖެ ނަމަ ދާހުށީ ނަރަކައަށެވެ. މުރުތައްދުވެ އިސްލާމް ދީން ދޫކޮށްލައިގެން މިއުޅޭ ޞައްޙަ ނޫން ދިވަހިންނަކީ އެމީހުންނާއި ހަމައަށް ރަސޫލް ()ގެ ރިސާލަތު ފޯރާފައިވާ މީހުންނެވެ! 

މިވަރަކުން ފުދެނީއެއްވެސް ނޫނެވެ. "ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ." (އަލްކައުޘަރު: 3) ނިކަން ބުނެބަލާށެވެ! ދެން ވަންނާނީ ކޮންތަނަކަށް ހެއްޔެވެ؟ 

ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ރަސޫލް () އަށް ލިބިވަޑައިގަންނަވާނެ އެއްވެސް ދެރަކަމެއް ނެތެވެ. ﷲ ތަޢާލާ ވަނީ ރަސޫލް () ރައްކައުތެރި ކުރައްވަވައިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން