މަގުމަތިން ބައްދަލުވި މުސްލިމް އަންހެނެއްގެ ސަބަބުން އިސްލާމްވި މިލިއަނަރެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
މަގުމަތިން ބައްދަލުވި މުސްލިމް އަންހެނެއްގެ ސަބަބުން އިސްލާމްވި މިލިއަނަރެއްގެ ވާހަކަ!

ޒުވާން މިލިއަނަރަކު އެއްދުވަހަކު ފަޤީރަކަށް ހެދިގެން މަގުމަތީގައި އެނބުރުނެވެ. ފެންހައި މީހެއްގެ ގާތުގައި އެންމެ ޑޮލަރެއް ނަމަވެސް އޭނާއަށް ދިނުމަށް އެދެމުން ދިއައެވެ. މިގޮތަށް އުޅުމުގެ ތެރޭގައި ބުރުގާ އަޅައިގެންހުރި ވަރަށް ރީތި މުސްލިމް، އޭނާގެ ޢުމުރުގެ ޒުވާން އަންހެނަކު އޭނާގެ ސަމާލުކަމަށް އައެވެ. 

ފަހަތުން ބާރުބާރަށް ހިނގާފައިގޮސް އަރާހަމަކޮށްފައި އެންމެ ޑޮލަރަކަށް އެދުމާއިއެކު މޫނަށްވެސް ބަލައިނުލާހުރެ ދަބަހުން އެއް ޑޮލަރު ނަގައި ދިއްކޮށްލިއެވެ. 

ލިބުނު ޙައިރާންކަމުގައި ހުރެ ޖީބުން 100 ޑޮލަރުނަގައި އޭނާއަށް ދިއްކޮށްލާފައި އެއީ ކުރި ސަމާސާއެއްކަމަށާއި ފާސްވުމުން ދިން ހަދިޔާއެއްކަމަށް ބުންޏެވެ. ޖަވާބުގައި އަންހެނާ ބުނީ އޭނާއަކީ މުސްލިމެއް ކަމަށާއި ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރިވާން ﷲ ތަޢާލާ އަންގަވާފައިވާ ކަމަށެވެ. އަދި އެހީތެރިވުމަށްފަހު އެއްވެސް ބަދަލެއް ހިފުން ވަނީ މަނާކުރައްވަވާފައި ކަމަށެވެ.  

އަންހެނާގެ ވާހަކަތަކުން ޒުވާނާއަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެހެންވެ ފަހުން ބައްދަލުކޮށްލަން ބޭނުންވާކަމަށްބުނެ ނަމްބަރު ހޯދައިގެން ދިއައީއެވެ.   

މިކަން ޒުވާނާއަށް ވެގެންދިއައީ ވަރަށް ބޮޑު ކަމަކަށެވެ. ޒުވާނާއަކީ މުސްލިމަކަށްނުވާތީ އިސްލާމް ދީނާއި ﷲ ތަޢާލާއާއިބެހޭ ގޮތުން އޭނާއަކަށް މާގިނަ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެންވެ ފުރަތަމަ ކަމަކަށް އިސްލާމްދީނާއި ﷲ ތަޢާލާ އާއިބެހޭ ގޮތުން ކަންކަން އޮޅުންފިލުވިއެވެ. ލިބުނު މައުލޫމާތުގެ ޢަލީގައި ޒުވާނާ އިސްލާމްވިއެވެ.  

އިސްލާމްވުމަށްފަހު ޒުވާން މިލިއަނަރު އޭނާގެ ވާހަކަ އަމިއްލަ ފޭސްބުކްގައި ލިޔުނެވެ. އަދި ނަރަކައިން އޭނާ ސަލާމަތްކޮށްދިން އަނހެންކުއްޖާއަށް ރަނގަޅު ބަދަލެއްދޭން މަސައްކަތްކުރާކަމަށްވެސް ލިޔުނެވެ. ލިޔެފައި އެއަންހެންކުއްޖާއަށް ޝެއާކުރިއެވެ. އަދި ބައްދަލުކުރަން ބޭނުންކަމަށްވެސް ބުންޏެވެ. 

ދެމީހުން ބައްދަލުކުރިއެވެ. ބައްދަލުވުންތައް ކުރިއަށް ގޮސް ދެމީހުން ކައިވެނިވެސް ކުރިއެވެ.  

ލޮބުވެތި އަޚުންނާއި އުޅުތުންނޭވެ. ހެޔޮކަމެއް ކުރާ ކޮންމެ މީހަކަށް މިފަދަ ބޮޑު ރަހްމަތެއް ނުލިބިދާނެއެވެ. ނަމަވެސް ހެޔޮކަންކަންކުރުމުގައި ޘާބިތުވެއްޖެނަމަ ހެޔޮގޮތްތައް މެދުވެރިވާނެތެވެ. ދުނިޔޭގައި ނުވިނަމަ އާޚިރަތުގައި ދެއްވަވާ ނިޢުމަތްތައް މާގިނަވާނެއެވެ. ވީމާ ހެޔޮ ޢަމަލުތައް ކުރުމުގައި> ޚާއްޞަކޮށް އެމީހަކަށް ވެވުނު ވަރަކުން އެހެން މީހުންނަށް ހެޔޮފޯރުވާ މީހަކަށްވާށެވެ! އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން