ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ އެއްކަމަކީ ދަރިންނަކީ އެހެންކުދިންނާއި ގުޅިގެންއުޅޭ، އެހެންކުދިންނަށް އެހީތެރިވެދޭ ކުދިންގެ ގޮތުގައި ތަރުބިއްޔަތުކުރުމެވެ.
ބައެއް ކުދިން ކުލާހުގައި ތިބޭ ކުދިންނަށް އެކުދިންގެ ބައެއް ތަކެތިދެއެވެ. ފަންސުރު ގަލަން އަދި ފުހޭ ރަބަރުފަދަ ތަކެތިވެސް ދެއެވެ. އެކަން އެކުރަނީ އަނެއް ކުއްޖާގެ އަތުގައި އެފަދަ އެއްޗެއް ނެތުމުން އެހީތެރިވުމަށެވެ. ހިތާމައަކީ ދަރިން އެފަދަ ކަމެއް ކުރުމުން ނުރުހި ބަސްބުނެވޭކަމެވެ. އެންމެ ބޮޑު ހިތާމައަކީ މިފަދަ ކަންކަމުގައި ގިނައިން ދަރިންނަށް ބަސްބުނެހަދަނީ ތަނަވަސްކަން ހުންނަ ބެލެނިވެރިންކަމަށްވާތީއެވެ.
މިއަދު ތިބާގެ ކިބައިގައި ތަނަވަސްކަން ހުރެދާނެއެވެ. މާދަމާ އުޅެންޖެހޭނެ ޙާލަތެއް ނުއެނގޭނެއެވެ. ދަރިން ގެންގުޅެންޖެހޭނެ ޙާލަތެއްވެސް ނުއެނގޭނެއެވެ. ވީމާ މިފަދަ ކަންކަމަށް ވިސްނަންވާނެއެވެ. ދަރިން ތަރުބިއްޔަތުކުރަންވާނީވެސް އެކަންކަމަށް ވިސްނައިގެންނެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އަހުރެންނަކީ އުފަންވުމުގައިވެސް މުސްލިމަކީމެވެ. (މައިންބަފައިންނަކީ މުސްލިމުންނެވެ.) އަހުރެން ޤުރްއާނުގެ އާޔަތްތަކަށް ސަމާލުކަން ދެމެވެ. އެގޮތުން އަހުރެން ވަރަށް ބޮޑަށް ޝައުޢުޤުވެރިކަމާއިއެކު ފާހަގަކުރާ އާޔަތެއްވެއެވެ.
އާލްޢިމްރާން ސޫރަތުގައި އޮންނަ އެޢާޔަތުގައި ވަނީ "އެންމެ މީހަކަށް މަރުން ސަލާމަތްވާން އެހީތެރިވެދިނުމަކީ (އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުމަކީ) ދުނިޔޭގައިވާ އެންމެންގެ ފުރާނަ ސަލާމަތްކުރުން" ކަމަށެވެ.
ހަމަ އެއާއިއެކު ހަނގުރާމައެއްގައިވެސް ގަސްތަކަށާ މީސްމީޙުންގެ ގެދޮރަށާ އަންހެނުންނަށާ ކުޑަކުދިންނަށާ އަދި މުސްކުޅިންނަށް އެއްވެސް ގެއްލުމެއް ދިނުމެއް މުސްލިމުންނަކަށް ނެތެވެ.
ހުރިހާ މުސްލިމް ބެލެނިވެރިންނަށް އަހުރެންގެ އިލްތިމާސަކީ މިބުނި ކަންތައްތަކުގެ މަތީގައި (ދަސްކޮށްދީގެން) ދަރިން ތަރުބިއްޔަތުކުރުމެވެ.
- ފިލްމީ ތަރި / ޝާހްރުކް ޚާން