ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރާގުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް އިޢުލާންކޮށްފި

ދިރާގުން ކުރިއަށްގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް މިއަދު އިޢުލާންކޮށްފިއެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިއަކަށް ހޮވިފައިވަނީ ކ. މާލެ، ޢަބްދުﷲ ސަޢީދެވެ.

ނަސީބުވެރި ފަރާތް ހޮވުމަށް ބޭއްވި ޚާއްސަ ހަރަކާތް އޮތީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ދިރާގު ބީޗުގައެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެކެވެ. ދިރާގުން ބުނި ގޮތުގައި މިއީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. އަދި މިއިން ކޮންމެ ލޯންޗެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނެއެވެ.

މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އެގޮތުން:

  • ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން.
  • ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ބިލްދައްކާ ކަސްޓަމަރުން.
  • ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުން.

ދިރާގުގެ މިހާރުގެ ކަސްޓަމަރުންނަށާއި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިކަމަށްޓަކައި ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލް ކުރަންޖެހޭނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން