ތިމާކުރާފާފަ ސިއްރުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތަސް ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ޤަބޫލުކޮށް ފާފަނުކުރާ މީހުންނަށް ބޮޑިވެގެންވާ ދަރުމަހުރިކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ތިމާކުރާފާފަ ސިއްރުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތަސް ﷲ ތަޢާލާ ދެނެވޮޑިގެންވާކަން ޤަބޫލުކޮށް ފާފަނުކުރާ މީހުންނަށް ބޮޑިވެގެންވާ ދަރުމަހުރިކަން ޤުރްއާނުން-

ފާފަ ނުކުރަންވީ މީސްތަކުންނަށް އެނގި ބޭޒާރުވެދާނެކަމުގެ ބިރަކަށް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމަށެވެ. އެއިރުން އެމީހަކަށް ބޮޑުވެގެންވާ ދަރުމަ ހުރިކަމާއި އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.

ނަމަވެސް މިއަދު ގިނަ ބައަކު ބިރުގަންނަނީ މީސްތަކުންނަށް އެނގި ފަޟީޙަތްވެދާނެތީއެވެ. މިވިސްނުން ދޫކޮށްލަން އެބަޖެހެއެވެ. އެއިރުން އެމީހަކަށް ކުރާނެ ބޮޑު ފައިދާ ﷲ ތަޢާލާ ވަނީ މުލްކު ސޫރަތުގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައެވެ.

إِنَّ الَّذِينَ يَخْشَوْنَ رَبَّهُم بِالْغَيْبِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ‎﴿١٢﴾‏ މާނައީ: "ހަމަކަށަވަރުން، ނުފެންނަތާނގައި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުން (ދަންނާށެވެ!) ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ، އެމީހުންނަށް ހުށްޓެވެ. (12)"

ﷲ އަށް ކިޔަމަންތެރި އަޅެއް ނަމަ ޣައިބުގައިވާ އެކަލާނގެ އަޛާބު ނުފެންނައިރުވެސް އެކަލާނގެއަށް ސިއްރާއި ފާޅުގައި ބިރުވެތިވެއެވެ. ނުބައި ކަންކަމުން ދުރުވެގެން ތިބެއެވެ. އެކަމުގެ ޖަޒާއަކަށް އެބައިމީހުންނަށް ސުވަރުގެ ލިބިގެންދެއެވެ.

 

މިއަދު އޮންލައިން