ފަޤީރުންގެ ދަރަނި މާފުކުރަމުން އައިމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވިކަން ޙަދީޘްފުޅުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ފަޤީރުންގެ ދަރަނި މާފުކުރަމުން އައިމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވިކަން ޙަދީޘްފުޅުން-

އަބޫހުރައިރަތުގެފާނުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ. މީސްތަކުންނަށް ދަރަނިދީ އުޅުނު މީހަކު އުޅުނެވެ. އޭނާ އޭނާގެ ޚާދިމަށް ބުންޏެވެ. [ދަރަނިވެރިޔާއަކީ، ފަޤީރެއްނަމަ އޭނާއަށް މާފުކުރާށެވެ. އޭރުން ﷲ ތިމަންމެންގެ ފާފަތައް ފުއްސަވާދެއްވާނެއެވެ.] ދެން އޭނާ މަރުވުމުން ﷲ އޭނާގެ ފާފަތައް ފުއްސަވައިދެއްވިއެވެ.

{ أخرجه البخاري (٣٤٨٠)، ومسلم (١٥٦٢)، والنسائي (٤٦٩٥)، وأحمد (٨٣٨٧)}

އެނގިގެން މިދަނީ މީހަކަށް ދަތިޙާލުގައި ޖެހުމުން ދަރަންޏަށް އެއްޗެއް ދިންނަވެސް އޭނާއަކީ އޭނާގެ ދަތިޙާލުގެ ސަބަބުން ދަރަނި އަދާކުރެވޭނެފަދަ ނެތް މީހަކު ނަމަ އޭނާގެ ދަރަނި މާފުކުރުމުން ﷲ ތަޢާލާ ދެއްވަވާ މަތިވެރި ނުޢުމަތެވެ. އޭނާގެ ފާފަތައް ފުއްސަވައި ދެއްވަވާ ކަމެވެ.

މިއީ ތަނަވސްކަން ނެތް މީހުންނަށް އެމީހުންގެ ދަރަނި އަދާނުކުރެވުމުން ކޯޓަށް ގޮސް އޭނާގެ ކިބައިން ދަރަނި އަތުލަން މަސައްކަތްކުރާ ތަނަވަސް މީހުން ވިސްނައިލުން މުހިންމު ޙަދީޘްފުޅެކެވެ. އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުމަށްވުރެ ބޮޑު ނިޢުމަތަކީ ކޮބައިހެއްޔެވެ؟ ފާފަތައް ފުއްސަވައިދެއްވަވައިފިނަމަ އެމީހަކު ވާހުށީ ސުވަރުގޭގައެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން