މަތީމަޤާމާ ތަނަވަސްކަން ދެއްވަވާވަރަކުން އަނބިންދަރިންނަށް އަޅައިލުން ބޮޑުނުކުރާނަމަ ދާދިއަވަހަށް ނިޢުމަތް ގެއްލި ހިތާމަކުރަން އޮންނަނީ ޖެހިފަ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މަތީމަޤާމާ ތަނަވަސްކަން ދެއްވަވާވަރަކުން އަނބިންދަރިންނަށް އަޅައިލުން ބޮޑުނުކުރާނަމަ ދާދިއަވަހަށް ނިޢުމަތް ގެއްލި ހިތާމަކުރަން އޮންނަނީ ޖެހިފަ!

ތަނަވަސްކަމާއި މަތީމަޤާމާއި ދަރަޖަތައް ﷲ ތަޢާލާ މިންވަރުކުރައްވަވަނީ ދާއިމަކަށް ނޫނެވެ. އިމްތިޙާނަކަށެވެ. އެނިޢުމަތްތައް އެމީހަކުގައިވާނީ އެނިޢުމަތްތައް އެމީހަކާއިއެކު ދަމަހައްޓަން މަސައްކަތްކުރިވަރަކުންނެވެ.  

ވިސްނާށެވެ! ﷲ ތަޢާލާ އެންމެންނަސްވެސް ނިޢުމަތްތައް ދެއްވަވަތެވެ. އެކިމީހުންނަށް އެކިވަރަށެވެ. އެހިސާބުން އެމީހަކު ހުންނަނީ ވަރަށް އުފަލުންނެވެ. ނަމަވެސް އުފާކުރުން އޮތީ ދެއްވެވި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފިއްޖެނަމައެވެ. ނުހިފިއްޖެނަމަ އެކަން ބަދަލުވެގެންދާނީ ދެއްވެވި ޢަޛާބަކަށެވެ. އެކަމުގައި މީސްތަކުންނަށްވަނީ އިޚްތިޔާރު ދެއްވަވައިފައެވެ.  

މިޘާލަކަށް މީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވީއެވެ. މަތީ މަޤާމެއް ދެއްވެވީއެވެ. އެހިސާބުން އެމީހެއްގެ އަނބިދަރިންނަށް، މައިންބަފައިންނަށް އަދި ޢާއިލާގެ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުން އިތުރުނުކުރިނަމަ އަދި ޝުކުރުވެރިވެ ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތް ނުކުރެވުނު ނަމަ އެކަންވާނީ ދެއްވެވި ޢަޛާބަކަށެވެ. އެކަމާއި ހިތާމަކޮށް ފަހުން ކަރުނައަޅަންޖެހޭނެއެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ ތިބާއަށް ނިޢުމަތެއް ދެއްވަވައިފިނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮކޮށް ހިތުންވެސް ހިމެނިގެންވަނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިންނެވެ. ވީމާ އެކަމުގެ ސަބަބުންވެސް ދާނީ ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވަމުންނެވެ. ހަމައެޢާއިއެކު ހެޔޮކޮށް ހިތަންޖެހޭ މީހުންނަށް ހެޔޮށް ނުހިތައި އެމީހުންގެ ހިތުގައި ޖެއްސުމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަމެކެވެ. އެފަދަ ކަންކަން ކުރާނަމަ އެމީހަކަށް ﷲ ތަޢާލާގެ ލަޢްނަތް، ކޯފާ ޙައްޤުވާނެއެވެ.  

މީސްތަކުންނޭވެ! ހަމައެފަދައިން މިކަމަށްވެސް ވިސްނާށެވެ! ﷲ ތަޢާލާ ތިބާއަށް ދެރަގޮތެއް މިންވަރުކުރެއްވެވީއެވެ. ދަތިޙާލަތެއް ކުރިމަތިކުރެއްވެވީއެވެ. ކަންބޮޑުވާންޖެހޭނެ ކަންތައްތަކެއް ކުރިމަތިކުރެއްވެވީއެވެ. އެއިރުން ވިސްނޭނީ މުޞީބާތެއް ކުރިމަތިކުރެއްވެވީ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ތިބާއަށް ﷲ އާއި އިތުރަށް ކުއްތަންވެވިއްޖެ ނަމަ ނުވަތަ ކުއްތަންވުމަށް މަސައްކަތްކުރެވޭނަމަ އެކަންވާނީ ދެއްވެވި ނިޢުމަތަކަށެވެ. ލެއްވެވި ރަޙްމަތަކަށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން