އުފާވެރި ޒަވާޖީޙަޔާތަކަށް މުހިންމީ ގިނަ މީހުންގެ ސަމާލުކަން ލިބޭފަދަ ރީތި ބައިވެރިއެއް ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އުފާވެރި ޒަވާޖީޙަޔާތަކަށް މުހިންމީ ގިނަ މީހުންގެ ސަމާލުކަން ލިބޭފަދަ ރީތި ބައިވެރިއެއް ހެއްޔެވެ؟

އުފާވެރި ޒަވާޖީ ޙަޔާތަކަށް މުހިންމީ ގިނަ މީހުންގެ ސަމާލުކަން ލިބޭފަދަ ރީތި ބައިވެރިއެއް ހެއްޔެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ވަރަށް ޚިޔާލުޔަފާތުވާ ކަމެއްކަމަށެވެ. ފެންނަ ނަތީޖާވެސް ވަރަށް ތަފާތު ކަމެއް ކަމަށެވެ. ސަބަބަކީ ކިތަންމެ ސިފަރީތިނަމަވެސް އަދި ހުތުރުނަމަވެސް ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ތަފާތުކަމެވެ.  

ފުރަތަމަ މިވާހަކަކޮޅަށް ވިސްނަވައިލައްވާށެވެ! 

ކައިވެނިކުރަންވީ ސިފަރީތިކަމަށް ބަލައިގެނެއް ނޫނެވެ. ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް މެއެވެ. ސަބަބަކީ އޭނާއަށް ބޭނުންވެގެން ފަހަތުން ދުވާ މީހުންނާއި ދައުވަތުތައް ދޭނެ މީހުން މަދުވާނެތީއެވެ. ވީމާ ޖެހޭ މައްސަލަތައް މަދުވާނެތީއެވެ.  

ރީތި މީހުންނާއި ކައިވެނިކޮށްގެން ތިބެ އެކުވެރިންގެ ގާތުގައި ހުތުރު މީހުންނާއި ކައިވެނިކުރަން އެބުނަނީ ހެޔޮއެދޭތީއެވެ. ރުޅިއަކުން، އަދި ދެރައެއް ދޭކަށްވެސް ނޫނެވެ. އެމީހުންގެ އަމިއްލަ ތަޖުރިބާއަށް ބަލައެވެ. ރީތި މީހުންނާއި ކައިވެނިކުރުމުން ކުރިމަތިވާ މައްސަލަތައް ގިނަވެ އެކަމުގެ ހިތާމައިގައި އޭނާ އުޅެމުންދާތީއެވެ.  

ދެން އެއިގެ އަނެއްކޮޅަށްވެސް ވިސްނައިލާށެވެ.  

ހަމައެއާއިއެކު ވިސްނާލަން ޖެހޭނެ އެހެން ކަމެއްވެސް އެބައޮތެވެ. ވަރަށް ރީތި މީހުންވެސް އަލަތު ކައިވެނިމަތީގައި އުފަލުގައި ޢުމުރު ހޭދަކުރެއެވެ. އެކަމަކު އެއީ ނިޞްބަތުން މަދު ބައެކެވެ. ޙަޤީޤަތުގައި ކައިވެނީގެ ކާމިޔާބީ ގުޅިފައި އޮތީ އެމީހެއްގެ ތަޤްވާވެރިކަމުގެ މައްޗަށެވެ. މައްސަލައަކަށްވެގެން މިއުޅެނީ ބޭރުފުށުގެ ސިފައެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަންހުރި މިބންވަރަކަށެވެ.  

ތަނަވަސްކަމާއި ރީތިކަމަށްވުރެ ބޮޑަށް ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނިކުރަން ޙަދީޘްފުޅުގައި އޮތީ އެސަބަބަށްޓަކައެވެ. ކައިވެނިވެސް އަދި ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވި ޙަޤީޤީ ފައިދާކުރާނީ ޤުރްއާނާއި ޙަދީޘްފުޅުން ފެންނަން އޮތް ގޮތަށް ޢަމަލުކުރުމުންނެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާނެތީއެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތީއެވެ.

 

މިއަދު އޮންލައިން