ދުނިޔޭގައި ހުރެ ގިނަ ހެޔޮ ޢަމަލުތައްކޮށް، އެ ޢަމަލުތައް ހިފައިގެން ﷲ ތަޢަލާގެ ޙަމްރަތަށް ދިއުމުންވެސް ފޭލްވެ ސުވަރުގެ ނުވެއްދެވުމަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟ އަހުރެން ހިތުން އެއަސްވުރެ ބޮޑު ދެރައެއް ނުވެއެވެ.
އަހުރެމެން ނަމާދުކުރަމުއެވެ. އަދި އެހެން އަޅުކަންވެސް ކުރަމުއެވެ. މިހުރިހާ ކަންކަން ކުރަނީ ސުވަރުގެ ވެއްދެވުން އެދިގެންނެވެ. އެކަމަކު ގިނަ މީހުން އެންމެ ގިނައިން ކުރާ ކަމަކީ އެމީހަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ތަޅުލުމެވެ. ތިމާއަށް ނުވަދެވޭނެ ގޮތަށެވެ.
އެގޮތުން އެންމެ ގިނަ ބައަކު ކުރާ އެއްކަމެއް ފާހަގަކޮށްލާނަމެވެ. ހެނދުނު އެކުވެރިޔާއަށް ނުވަތަ އެހެން މީހަކަށް ނަމަވެސް ފޯނުކޮށްލާފައިވެސް ނުވަތަ ބައްދަލުވުމުންވެސް ފުރަތަމަ ކުރާނެ ސުވާލަކީ މިވެނި މީހެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިވެނި މީހަކު މިވެނިކަމެއް ކޮށްގެން އުޅޭކަން އެނގޭހެއްޔެވެ؟
ސުވާލުކުރުމަށްފަހު ވިއްދައިގެން ފަތުރާނީ ކޮންމެވެސް މީހަކު ކުރި، ނުވަތަ ކޮންމެވެސް މީހަކު ކުރިކަމަށް ކޮންމެވެސް މީހަކު ބުނި ކޮންމެވެސް ކަމެއްގެ ވާހަކައެވެ. އެއިރުން މިކުރެވޭ ކަމަކީ ސުވަރުގޭގެ ދޮރުކޮޅުތައް ތިމާއަށްޓަކައި ބަންދުކޮށް ސުވަރުގެ ނުވަދެވޭނެ ގޮތް ހަދަނީކަމާއިމެދު ވިސްނައެއް ނުލައެވެ. އެކަމަށް އޮތް ޙަދީޘް މިއޮތީއެވެ.
حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا سُفْيَانُ، عَنْ مَنْصُورٍ، عَنْ إِبْرَاهِيمَ، عَنْ هَمَّامٍ، قَالَ كُنَّا مَعَ حُذَيْفَةَ فَقِيلَ لَهُ إِنَّ رَجُلاً يَرْفَعُ الْحَدِيثَ إِلَى عُثْمَانَ. فَقَالَ حُذَيْفَةُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " لاَ يَدْخُلُ الْجَنَّةَ قَتَّاتٌ ".
Narrated Hudhaifa:
I heard the Prophet (ﷺ) saying, "A Qattat will not enter Paradise."
|
Reference |
: Sahih al-Bukhari 6056 |
|
In-book reference |
: Book 78, Hadith 86 |
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުވަރުގެ ވަންނަން އެދޭނަމަ ފަތުރަންވީ މީހުންގެ ވާހަކަތަކެއް ނޫނެވެ. މީހުން ބުނާ ބުނިބުނިތަކެއްވެސް ނޫނެވެ. އިސްލާމް ދީނަށް ނަޞްރު ލިބޭނެ ފަދަ ވާހަކަތަކެވެ. ހެޔޮ ނަޞޭޙަތްތަކެވެ. ތިބާއަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން