މަރުވުމުން ފެށިގެންދާ ތިބާގެ ދާއިމީ ޙަޔާތަށް ކުރިމަތިލާން އެބަ ތައްޔާރުވަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މަރުވުމުން ފެށިގެންދާ ތިބާގެ ދާއިމީ ޙަޔާތަށް ކުރިމަތިލާން އެބަ ތައްޔާރުވަމުތަ؟

މަރުވުމުން އެއީ ނިމުނީކަމަށް ދެކޭ ބައަކު އުޅުނު ނަމަވެސް މަރުވުމަކީ ނިމުމެއް ނޫނެވެ. އެއީ ދާއިމީ ޙަޔާތުގެ ފުރަތަމަ މަރުޙަލާއެވެ. ދެވަނަ މަރުޙަލާ ފެށިގެންދާނީ ޤިޔާމަތްވެ ކައްވަޅުން ތެދުވަންޖެހުމުންނެވެ. ދުވަހަކުވެސް ނިމިގެން ނުދާނެ ޙަޔާތަކީ ހަމައެއީއެވެ.

އަހުރެންގެ ސުވާލަކީ އެޙަޔާތަށް ކުރިމަތިލާން ތިބާ އެބަ ތައްޔާރުވަމުހެއްޔެވެ؟ އެކަމަށްޓަކާ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެކަމަށް ކަންނެތްވެގެން ޤިޔާމަތްދުވަހު ސަލާމަތްވެވޭނެ ހެއްޔެވެ؟

އަބަދުހެން ވާރޭވެހޭތަން އެބަފެނެއެވެ. ވާރޭވެހުމުން އެއިގެ ސަބަބުން މެދުވެރިވާ ކަންކަންވެސް އެބަ އެނގެއެވެ. ނަމަވެސް އަހަރެމެންނަށް އެކަންކަމާއިމެދުގައި ވިސްނައިލެވޭ ހެއްޔެވެ؟

وَالَّذِي نَزَّلَ مِنَ السَّمَاءِ مَاءً بِقَدَرٍ فَأَنشَرْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ 

"އަދި އެކަލާނގެއީ، ކަނޑައެޅިގެންވާ މިންވަރަކަށް އުޑުން ފެން ވެއްސެވި ރަސްކަލާނގެއެވެ. ފަހެ، މަރުވެފައިވާ ރަށެއް ތިމަންރަސްކަލާނގެ އެފެނުން ދިރުއްވީމެވެ. ހަމައެފަދައިން، ތިޔަބައިމީހުން (ކަށްވަޅުތަކުން) ނެރުއްވާހުށްޓެވެ." (އައްޒުޚްރޫފް: 11)

އެއްވެސް ގަހެއް ނެތް ހަނަފަސް ބިންތަކަށް ވާރޭވެހުމުން ބިންގަނޑަށް ދިރުން ލިބި ގަސްތައް ބިމުން ފަޅައި ހެދެންފަށައެވެ. އެކަން އަނގައިދެނީ މީސްތަކުންނަށް ފެންނަ ފެނުމުގައި ދިރުން ނެތްނަމަވެސް ﷲ ތަޢާލާ ދިރުން ދެއްވެވުމުން ދިރުން ލިބޭކަމެވެ.

ވީމާ މަރުވެ ކައްވަޅުގައި އެތައް ބިލިއަން އަހަރެއްވެފައިވީނަމަވެސް ﷲ ތަޢާލާ ދިރުން ދެއްވެވުމުން ދިރުން ލިބޭނެކަން މިއޮތީ ފެންނާށެވެ. އެހެންކަމަށްވާއިރު އަލުން ދިރުން ދެއްވަވައި މަޙްޝަރުކުރައްވަވާނެކަމާއިމެދު އެންމެކުޑަމިނުން ޝައްކުކުރަންވީވެސް ކީއްވެގެން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން