ޢަލީ އިޙްޞާން ފިރާޤް
ޔަހޫދީންނަކީ މަކަރުހެދުމުގައި އަބަދުވެސް އެންމެ ކުރީގައި ދެމިތިބި ބައެކެވެ. މިއަދުވެސް އެމީހުންގެ ކިބައިން ފެންނަމުން މިދަނީ ހަމައެސިފައެވެ. އެކެން ދުނިޔެއަށްވެސް އެނގެއެވެ. ނަމަވެސް އެމީހުންގެ އަތުގައި ފައިސާ ގިނަވުމުން އެކަންކަން ގިނަބައަކަށް ޤަބޫލުނުކުރެވެނީއެވެ.
ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޔަހޫދީންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. ﷲ އެބައިމީހުންނަށް ޖަނަވާރުގެ ސަރުބީ ކެއުން ޙަރާމްކުރެއްވިއެވެ. ނަމަވެސް އެބައިމީހުން ސަރުބީ ވިރުވައިގެން އެތަކެތި ވިއްކާ ހެދިއެވެ.]
{البخاري (ت ٢٥٦)، صحيح البخاري ٣٤٦٠ • [صحيح} •
މިދެންނެވި ޙަދީޘް ޝަރަޙަ ކުރެއްވި މުޙައްދިޘުން ބަޔާން ކުރައްވާ ގޮތުގައި ﷲ އެއްޗެއް ޙަރާމްކުރައްވައިފިނަމަ އެ އެއްޗެއް ވިއްކައިގެން ހޯދާ ފައިސާވެސް ޙަރާމްވާނެއެވެ.
ޖަނަވާރުގެ ސަރުބީ ޔަހޫދީންނަށް ޙަރާމް ކުރައްވައިފައިވާކަން ކީރިތި ޤުރްއާނުގެ ނައްޞުންވެސް ސާބިތުވެއެވެ. ސޫރަތުލް އަންޢާމުގެ 146 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ ۖ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَاهُم بِبَغْيِهِمْ ۖ وَإِنَّا لَصَادِقُونَ ﴿١٤٦﴾
މާނައީ: [ނިޔަފަތިހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީފިޔަވައި، އެދޭތީގެ ސަރުބީ، އެއުރެންގެ މައްޗަށް حرام ކުރެއްވީމެވެ. އެގޮތުން، ތިމަންރަސްކަލާނގެ އެއުރެންނަށް ޖަޒާދެއްވީ، އެއުރެންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތެދު وحى ކުރައްވާ ރަސްކަލާނގެކަން ކަށަވަރެވެ.]