ދިގުމުއްދަތުން އަދާކުރަން ދަރަންޏަށް ފައިސާނަގައިގެން ތިބޭ މީހުންނަށް ޢުމުރާވެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދިގުމުއްދަތުން އަދާކުރަން ދަރަންޏަށް ފައިސާނަގައިގެން ތިބޭ މީހުންނަށް ޢުމުރާވެވޭނެތަ؟

މިހާރަކަށް އައިސް ގިނަ މީހުންނަކީ ދަރަނިވެރިންނެވެ. ދިގުމުއްދަތުން އަދާކުރާގޮތަށް ދަރަނިވެރިވެގެން ތިބޭ މީހުންނެވެ. ވިޔަފާރިކުރުން، ގެދޮރުއެޅުން، ބޭނުންވާ އަގުބޮޑު އެއްޗެއް ގަތުން ފަދަ ކަންކަންކުރުމަށެވެ.  

މިގޮތަށް ދަރަނީގެ ފައިސާ ބޭނުންކޮށިގެން ނުވަތަ މުޢާމަލާތެއް ކޮށްގެންހުރި މީހަކު ނަމަވެސް ދަރަނި މެދުކެނޑުމެއްނެތި ޤަވާއިދުން ދައްކަމުން ގެންދާނަމަ އެމީހެއްގެ އަތުގައި ހުރި ދަރަނީގެ ފައިސާ ބޭނުންކޮށްގެންވެސް ޢުމްރާވުން ފަދަ ކަންކަން ކުރެވިދާނެއެވެ.  

އެ ދަރަނީގައި އެއްވެސް މިންވަރަކަށް ރިބާ ހިމެނޭނަމަ ޙުކުމް ތަފާތެވެ. މިބުނަނީ ރިބާ ހިމެނޭ ލޯނު ނަގައިގެން ތިބޭ މީހުންގެ ވާހަކައެވެ. މި ބަޔާން ކުރީ ރިބާ ނުހިމެނޭ ގޮތަށް ހޯދާ ދަރަނީގެ ވާހަކައެވެ. ހަމައެއާއިއެކު ޢުމުރާ ވުމަށް އެ ފައިސާ ބޭނުންކުރި ނަމަވެސް ދަރަނި އަދާކުރަން ދަތިނުވާނެ ކަމުގެ ޔަޤީންކަންވެސް އެމީހަކަށް އޮންނަން ވާނެއެވެ.  

ރިބާ ހިމެނޭ މުޢާމަލާތުތައް ކުރުން މުސްލިމުންނަށް ޙަރާމެވެ. ވީމާ ރިބާ، މިޒަމާނުގެ ބަހުރުވައިން ނަމަ އިންޓަރެސްޓް ހިމެނޭ އެއްވެސް ލޯނެއް ނެގުމާއި އެއްވެސް ކަމަކަށް ބޭނުން ކުރުން އަހަރެން ބުނާނީ ޙަރާމް ކަމަށެވެ. ރިބާ އަކީ މުސްލިމުން އެއާއި ދުރުހެލިވާން ޖެހޭ އެއްޗެކެވެ. އެއާއި ކައިރިވެސް ވެގެން ނުވާނެއެވެ.  

ޖަވާބު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން