ޤުރްއާން އެކިމިންވަރަށް ހިތުދަސްކުރަން ބޭނުންވާ މީހުން ގިނަވަމުން އަންނާތީ މިގެނެސްދެނީ އެކަމަށް އެހީތެރިކަން ލިބޭނެ ލިޔުމެކެވެ. އިން ޝާ ﷲ
ކޮންމެ މުސްލިމަކުވެސް ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާނެއެވެ. އެކުގައި ހިތުދަސްކޮށް ޙާފިޡަކަށްވާން ބޭނުންވާނެއެވެ. އަދި އެކުގައި ހިތުދަސް ނުކުރެވުނުނަމަވެސް ވީހައި ގިނަ ބައިތަކެއް ހިތުދަސްކުރަން ބޭނުންވާނެއެވެ. އަދި ދަރިންނަށް ހިތުދަސްކޮށްދޭންވެސް ބޭނުންވާނެއެވެ. އެކަމަށް ކުރާ މަސައްކަތުގައި މިކަންކަމަށް ސަމާލުކަންދީފިނަމަ މަގުފަހިވާނެއެވެ. އިން ޝާ ﷲ
1 ފެށުމުގެ ކުރިން ހިންމަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރާށެވެ!
2 ތަޖްވީދު މަގުން ކިޔަވަން މަސައްކަތްކުރާށެވެ.
3 ބާރަށް ކިޔަވާށެވެ.
4 އަވަސްއަރައިނުގަނެ ކެތްތެރިކަމާއިއެކު މަސައްކަތްކުރަމުން ގެންދާށެވެ!
5 ދަސްވާބައި ކޮންމެ ދުވަހަކުވެސް ކިޔަމުން ގެންދާށެވެ!
6 މާނަ ދަސްކުރަން މަސައްކަތްކުރާށެވެ. އެއީ އާޔަތްތައް ގުޅިގެންދާ ގޮތް އެނގޭނެ ކަމެކެވެ.
7 އިތުރު އަޑުތައް އިވުނަ ނުދޭށެވެ! އަޑުމަޑުތަނެއްގައި އިނދެގެން ކިޔަވާށެވެ!
8 ދަސްވުން ލަސްވި ނަމަވެސް އުންމީދު ނަގައިނުލާށެވެ!
9 ފަތިހުގެ ވަގުތު މަސައްކަތްކުރަން އިސްކަންދޭށެވެ!
10 ހަށިގަނޑަށް ވަރުކަންލިބޭވަރަށް ނުކާށެވެ! އެއީ ސިކުނޑި ވަރުބަލިކުރާކަމެކެވެ.
11 ފާފަނުކުރާށެވެ!
މިކަންކަމުގެ އިތުރުން ބޭކާރު ނުވަތަ އިތުރު ކަންކަމާށ ވިސްނުން ދުރުކުރާށެވެ! ސިކުނޑި ފުރިހަމަ ގޮތުގައި ހުޅުވިފައި ހުންނާނީ އެއިރުންނެވެ.
ޤުރްއާން ހިތުދަސްކުރުމަކީ އެއިގެ ޒާތަށް ބަލައިފިނަމަ ބުރަކަމެއް ނަމަވެސް އެއީ ބުރަކަމެއް ކަމަށް ނުދެކި އުނގެނެން މަސައްކަތްކުރާމީހާއަށް އެކަން ލުއިކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ