އުފަލުގަ ދިރިއުޅެން ބޭނުންވާނަމަ އެމީހަކު ޘާބިތުވެ ހުންނަން ޖެހޭނެ 8 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އުފަލުގަ ދިރިއުޅެން ބޭނުންވާނަމަ އެމީހަކު ޘާބިތުވެ ހުންނަން ޖެހޭނެ 8 ކަމެއް!

ވަކިކަމެއް ޙާޞިލުކުރެވުމުން އެއީ އުފާވެރިކަން ލިބިގަނެވުނީ ކަމަށް ހީކުރެވޭނަމަ އެއީ ކުށެކެވެ. އެކަމުން ތިމާއަށް މެދުވެރިވާނީ ކޮންގޮތެއްކަން ނުއެނގޭނެތީއެވެ. ވީމާ ތިމާ ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުކުރެވޭއިރަށް މިއޮތީ އުފާވެރިކަން ލިބިފައި ކަމަކަށް ނުނިންމޭނެއެވެ. 

ތިމާ އެންމެ ލޯބިވާ ލިބި ކައިވެނިކުރެވުން، ތަނަވަސްކަން ލިބުން، ގަދަވެ ހެޔޮޙާލުގައި ހުރެވުން، ދަރިން ލިބުން ފަދަ ކަންކަމަށް ބެލިނަމަވެސް މިފަދަ ކޮންމެ ނިޢުމަތަކީވެސް ކޮންމެ ވަޤުތަކުވެސް އަތުން ބީވެގެން ހިނގައިދާނެ ކަންކަމެވެ. ވީމާ އެފަދަ އެއްވެސް ނިޢުމަތެއް ލިބުމަކީ އުފާވެރިކަން ލިބުން ކަމަށް ނިންމައިލެވޭކަށް ނެތެވެ. 

އުފާވެރިކަން އެކިމީހުން މާނަކުރާނީ އެކިގޮތަށެވެ. އެއީ ހަމަޖެހިލައިގެން ދިރިއުޅެވުން ކަމުގައި މާނަކުރާ ބައަކުވެސް އުޅޭނެއެވެ. އެމީހުން ދެކޭނީ މީހެއްގެ ގާތުގައި ކަމަކު ނުކިޔައި އަމިއްލަ ކަންކަން އަމިއްލައަށް ކޮށްގެން އުޅެލެވޭނަމަ އެއީ އުފާވެރި ދިރިއުޅުމެއް ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތްވެސް މެއެވެ.  

އަހަރެމެން އެންމެންވެސް ބޭނުންވެގެން މިއުޅެނީ އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އުފާވެރި ދިރިއުޅުމަކަށް އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. ވީމާ މިބުނެދެނީ އުފާވެރިކަމާިއެކު ދިރިއުޅެން ބޭނުންވާ މީހާއަށް ވަރަށް މުހިންމު 7 ކަމެކެވެ. 

މި 7 ކަންތައް ކުރުމުގައި ދެމިހުރެއްޖެ ނަމަ އެމީހަކަށް އުފާވެރިކަމުގައި ދިރި ހުރެވޭނެއެވެ. 

1 މީހަކު ދައްކާ ޔޯލަ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ.

2 އެހެން މީހުން ތިބާ އާއިމެދު ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭށެވެ.

3 ކޮންމެ ހާލަތެއް ވެސް މެދުވެރިވީ ރަނގަޅަކަށް ކަމަށް ބަލައި އަބަދުވެސް ރަނގަޅު ގޮތްތައް މެދުވެރިވުމަށް އުންމީދުކުރާށެވެ!

4 އަމިއްލަ ހަޔާތުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް އަމިއްލައަށް ރާވާށެވެ!

5 ޝުކުރުވެރިވުމާއި ތަޢްރީފްކުރުންމަތީގައި ދެމިހުންނާށެވެ!

6 އަބަދުވެސް ހިނިތުންވެގެން ހުންނާށެވެ.

7 ކަމެއް ވެ ނިމުމުން އެއީ މާޒީކަމަށް ކަނޑައަޅަމުން ގެންދާށެވެ!

8 ދެރައެއް ލިބިއްޖެނަމަ އެހެން މީހުން ކުށްވެރިނުކުރާށެވެ! ޢިބްރަތް ޙާޞިލުކޮށް މުސްތަޤްބަލަށް ވިސްނާށެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން