ސަމުސަލަކުންވިޔަސް އުލަކުން ވިޔަސް ދެމަފިރިން އެކަކު އަނެކެއްގެ އަނގައަށް ލައްވައިދީގެން އެކުގައި ކެއުމަކީ ލޯބި އިތުރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސަމުސަލަކުންވިޔަސް އުލަކުން ވިޔަސް ދެމަފިރިން އެކަކު އަނެކެއްގެ އަނގައަށް ލައްވައިދީގެން އެކުގައި ކެއުމަކީ ލޯބި އިތުރުވާ ކަމެއް!

މިހާރަކަށް އައިސް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހި ކައިވެނި ރޫޅެމުންދަނީ އެއްވެސް އަޞްލެއް ނެތް ކަންކަން އެއީ ބޮޑުކަމަކަށް ހަދަން އުޅޭތީއެވެ. އެހެންވެ ވިސްނައިލުން މުހިންމު ކަމެއް ފާހަގަކޮށްލާނަމެވެ.  

އަހުރެންގެ އަނބިމީހާ ހަދައިދޭ ސައިތަށި ވަރަށް މީރެވެ. އެކަމުގެ ސިއްރެއްކަމުގައި އޭނާ ބުނަނީ ސައިތަށި އަހުރެންނަށް ދިނުމުގެ ކުރިން އޭނާ ރަހަބަލައި ރަހަ މީރުކަން ޔަޤީންކުރާ ކަމެވެ.  

މިވާހަކަ އަހުރެން މިބުނީ ބައެއް ފިރިހެނުންނަށް ކަންތައްތައް ކުރެވޭ ގޮތުންނެވެ. މިޘާލަކަށް ސައިގިރި ސަމުސަލުން އަނބިމީހާ ރަހަބަލާފައި ނުދޮވެ ސައިތަށްޓަށް ސަމުސާ ލައިފިނަމަ ރުޅި އައިސް އެއްޗެތި ގޮވައި އެސައިތަށި ބޯން ބޭނުން ނުވާ ފިރިން އެބައުޅެއެވެ.  

އެގޮތަށް ކަންތައްކުރާ ފިރިން އެކަންބޮޑުވަނީ އަނބިމީހާ ސަމުސާ ބޭނުންކޮށްގެން ރަހަ ބަލައިލުމުން އަނބިމީހާގެ ކުޅު އޭނާގެ ސައިތަށްޓަށް ދިއަކަމަށް ބަލައި ފަކުރުގަނެގެން ކަމަށް އެމީހުން އެބަ ބުނެއެވެ.  

އެފަދަ ފިރިންނަށް އަހުރެން ކޮށްލަން ބޭނުންވާ ސުވާލަކީ ދެމީހުން ލޯބިކުރަން އަނގައިގައި ބޮސްދީހަދާއިރު ކުޅުގެ މައްސަލަ ކޮބައިހެއްޔެވެ؟ އެއިރު ދެމީހުންގެ އަނގައިގައި ކުޅު ނުހުންނަނީ ހެއްޔެވެ؟  

މިކަން ސަމާލުކަމަށް ގެނައުމުގެ ބޭނުމަކީ މިވަރުގެ ދެކޮޅު ނުޖެހޭ ކުދިކުދި ކަންކަން މައްސލައެއްގެ ގޮތުގައި ނެރެ ދެމީހުންގެ މެދުގައި އޮންނަން ޖެހޭ ލޯތްބާއި ގާތްކަމަށް ބުރޫ ނުއަރުވަން ބުނުމެވެ.  

އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ސަމުސަލަކުންވިޔަސް އުލަކުން ވިޔަސް ދެމަފިރިން އެކަކު އަނެކެއްގެ އަނގައަށް ލައްވައިދީގެން އެކުގައި ކެއުމަކީ ލޯބި އިތުރުވާ ކަމެއް ކަމަށްވެސް އެގޮތަށް އެކަންކުރާ މީހުން ބުނެފައިވެއެވެ. އެހެންކަމަށްވާއިރު އަނބިމީހާ ސައިތަށިން ރަހަބަލައިލުމަކީ މައްސަލައަކަށް ހަދަންވީ ކީއްވެގެން ހެއްޔެވެ؟

 

- މުފްތީ މެންކްގެ ބަސްފުޅަކުން

މިއަދު އޮންލައިން