ރަސްދޫ ކައުންސިލުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ރަސްދޫ ކައުންސިލުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި ބައްދަލުކުރައްވައިފި

އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލުގެ މެންބަރުން މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގެ ރަށްވެހި މާލަމުގައި އިއްޔެ މެންދުރު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ވަނީ އެ ރަށުގައި އަލަށް ޢިމާރާތްކުރާ ކައުންސިލް ޢިމާރާތުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އަދި އެ މަޝްރޫޢާ ގުޅޭ ގޮތުން ކައުންސިލަރުންގެ ހުރި ބައެއް ޚިޔާލުތައް ވެސް ވަނީ މިނިސްޓަރާ ހިއްސާކުރާއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ރަޝީދު ވަނީ ކައުންސިލް މަޝްރޫޢުގެ އަދާހަމައާއި، ރަސްދޫ ގައި ޕަބްލިކް ސަރވިސް ޔުނިޓެއް ގާއިމްކުރުމާ ގުޅޭ މަޢުލޫމާތު ކައުންސިލަރުންނާ ހިއްސާކުރައްވާފައެވެ.

މި ބައްދަވުމުގައި ރަސްދޫ ކައުންސިލްގެ މެންބަރުން ވަނީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި، މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން އެ ބޭފުޅުންނަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

 

ހަބަރު: ސަރުކާރު

 

މިއަދު އޮންލައިން