މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްދޯނިފަހަރުން ކިރުވި މަހަށްވާ ފައިސާގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ފައިސާއަކީ 17 ޖަނަވަރީ 2026 ގައި އެ ކުންފުންޏަށް މަސް ކިރުވި 37 ދޯންޏަކަށް ދޫކުރި ފައިސާއެވެ. މި ފައިސާ މަސްވެރިންގެ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ 19 ޖަނަވަރީ 2026 ވީ ހޯމަ ދުވަހުއެވެ.
ޖުމްލަ 37 ދޯންޏަކުން ކިރުވި މަހަށް 1,295,488.71 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް ހަތަރުސަތޭކަ އަށްޑިހަ އަށް ރުފިޔާ ހަތްދިހަ އެއްލާރި) މިފްކޯއިން ވަނީ ދޫކޮށްފައެވެ.
ފައިސާ ދޫކުރެވުނު ގޮތުގެ ތަފްސީލަށް ބަލާއިރު:
- ކަޅުބިލަމަސް: 32 މަސްދޯންޏަކުން ކިރުވި މަހަށްވާ 1,210,013.71 ރުފިޔާ.
- ކަންނެލި (15 ކިލޯއިން މަތި): 5 މަސްދޯންޏަކުން ކިރުވި މަހަށްވާ 85,475.00 ރުފިޔާ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މަސްވެރިން ކިރުވާ މަހަށް ލަސްނުކޮށް ފައިސާ ދިނުމަށް ސަރުކާރާއި މިފްކޯ ގުޅިގެން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.