ތިބާ ތިއަހުރީ ތިބާގެ ހިތް އެކުގަ ﷲ ތަޢާލާއަށް ދީގެންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިބާ ތިއަހުރީ ތިބާގެ ހިތް އެކުގަ ﷲ ތަޢާލާއަށް ދީގެންހެއްޔެވެ؟

އަހުރެމެންގެ ގުނަަވނަތްކުގެ ތެރެއިން އެމީހަކު އެންމެ ލޯބިވާ ގުނަވަނަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކު ބުނާނީ އެއީ އެމީހާގެ ހިތް ކަމަށެވެ. އެހެންކަމާއިއެކުވެސް އެހިތަކީ އެމީހާގެ މިލްކެއް ނޫނެވެ. ﷲ ތަޢާލާގެ މިލްކެކެވެ. އެހެންކަމުން އަހުރެމެންނަށް އޮތީ އަހުރެމެންގެ ހިތް އެކުގައި ﷲ ތަޢާލާއަށް ޚާލިޞްކުރުމެވެ. ހަދިޔާކުރުމެވެ. ނަމަވެސް އެގޮތަށް އެކަންކުރެވެނީ ވަރަށް މަދު މީހަކަށެވެ.  

ވިސްނައިލާށެވެ! މީހަކު ފަރުޟު 5 ނަމާދު ބަރާބަރަށް ކުރެއެވެ. އެހެނަސް އޭނާ އަނބިދަރިންނަށް އަޅައެއް ނުލައެވެ. މައިންބަފައިންނަށް އެހީތެރިއެއް ނުވެއެވެ. އަވަސްޓެރިންނަކާ އަޅައެއް ނުލައެވެ. ޢާއިލާގެ މީހުންގެ ޙާލެއް ނުބަލައެވެ.  

ބުނަންހެއްޔެވެ؟ އެހެންކަމަށްވާނަމަ އެމީހަކީ އޭނާގެ ހިތް ﷲ ތަޢާލާއަށް ދެވިފައިވާ މީހަކަށް ނުވެވޭނެއެވެ. ﷲ ތަޢާލާއަށް ހިތް ދެވިއްޖެނަމަ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ސަމާލުކަންދޭނެއެވެ. ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާނެއެވެ. ނަހީކުރެއްވެވި ކަންކަމެއް ނުކުރާނެއެވެ.  

އަޑުއަހާށެވެ! ކޮންމެ މީހަކަށްވެސް ފަހަރެއްގައި ފާފައެއް ކުރެވިދާނެއެވެ. ނަމަވެސް ގިނަގިނައިން ފާފަކުރެވޭނަމަ އެއީ ﷲ ތަޢާލާ ދެކެ ލޯބިނުވެވޭކަމެވެ. ﷲ ތަޢާލާއަށް ހިތް ނުދެވޭކަމެވެ. އަދި ފާފަތައް ކުރެވެނީ ﷲ ތަޢާލާއަށްވުރެ ބޮޑަށް ދުނިޔަވީ އުފަލަށާއި އަރާމަށް ހިތްދެވޭތީއެވެ. ލޯބިވެވޭތީއެވެ. 

ދެން ބުނެލަން އޮތީ ﷲ ތަޢާލާއަށް ހިތްދޭށެވެ. ﷲ ތަޢާލާ ދެކެ ލޯބިވާށެވެ! އެއިރުން ތިބާ އެހެން މީހުންގެ ކިބައިން އެއްވެސް ކަމަކަށް އެދޭކަށް ބޭނުމެއް ނުވާނެއެވެ. ފާފައަކަށްވާނެ އެއްވެސް ކަމަކުން ދުނިޔަވީ އުފާ ޙާޞިލްކުރަން ބޭނުމެއް ނުވާނެއެވެ. އެފަދަ ވަސްވާސްތަކުން ﷲ ތަޢާލާ ތިބާގެ ހިތް ސަލާމަތްކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން