ފަސޭހައިން ތައްޔާރުކުރެވޭ ގޮތަށް އުފައްދާ ކާނާގެ ބާވަތްތަކާއި އެއިގެ އިތުރުންވެސް ގިނަ ދުވަހު ބެހެއްޓޭ ގޮތަށް ތައްޔާރުކުރާ ކާނާގެ ބާވަތްތައް ތައްޔާރުކުރަން ބޭނުންކުރާ "ފުޑް ޕްރިޒަވޭޓީވް"ގެ ބައެއް ބާވަތްތަކުން ކެންސަރު ޖެހުމަށާއި ހަކުރުބަލި ޖެހުމަށް މަގުފަހިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
"މިހާރުގެ ދިރިއުޅުމުގައި މިބާވަތްތައް ބޭނުންކުރަން މިވަނީ އާދަވެފައި. ގިނަ ބައަކު ބޭނުންކުރޭ. ގިނަ ބައަކު އުޅެނީ ކައްކާނެ ވަޤުތުވެސް ނުވެގެން. އެހެންވެ ފަސޭހައިން ރޯފިލުވައިލެވޭ އެއްޗެތި ބޭނުންކުރުން ގިނަވަނީ. ގިނަ ބައަކު އެކަން އާދައަކަށްވެސް ހަދައިފި."
"މިބުނަނީ އެއްވެސް ވަރަކަށް ބޭނުން ނުކުރާކަށް ނޫން! އެކަމަކު ވީހާ މަދުން ބޭނުންކުރަން. ކޮންމެހެން ބޭނުންކުރަންޖެހިގެން ނޫނީ ބޭނުންނުކުރަން. ކެންސަރާ ހަކުރުބަލި ފަދަ ބޮޑެތި ބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކަށް ރައްކާތެރިވާން އެބަޖެހޭ! ހަމަ ބޭނުންކުރާއިރަށް ބޮޑު ބައްޔެއް ނުޖެހިދާނެ. ނަމަވެސް ގިނައިން ބޭނުންކުރާނަމަ ބަލިޖެހުމުގެ ފުރުޞަތު ބޮޑުވޭ. ޙައްލަކަށް އޮތީ ރައްކާތެރިވުން. ވީހާމަދުން ބޭނުންކުރުން."
ފްރިޖުން ނަގާ އަވަނަށްލާއިރަށް ރޯފިލާނަމަ އެއީ ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ކެއުމުގެ ޚަރަދުވެސް ބޮޑުތަނުން އިތުރުވެއެވެ. އެއިގެ އިތުރުން ބޮޑު ބައްޔެއްޖެހިއްޖެނަމަ ކުރަންޖެހޭ ޚަރަދު އެތައްހާސްގުނައަކަށް ބޮޑުވެގެންދެއެވެ. ފުރާނައަށް ނުރައްކާވުން އިންތިހާއަށް ބޮޑުވެގެންދެއެވެ. ވީމާ ހުރިހާ ގޮތަކަށް ބެލިނަމަވެސް އެންމެ ފައިދާހުރި އަދި ރައްކައުތެރި ގޮތަކީ ތާޒާ ކާނާ ކެއުމެވެ. މަސައްކަތް ބުރަޔަސް ކައިކައިގެން ކެއުމެވެ.
- ޢުލޫމާތު: ޏިއްޙީ ޚަބަރު