މާޒީގަ ކުށެއް ކުރެވިފައި އޮތުމަކީ އެމީހަކާ ކައިވެނިނުކުރަން އޮތް ސަބަބެއް ނޫން! ކުށް ޤަބޫލުކޮށް އިޞްލާޙްވާ މީހުންގެ ކިބައިން ފެންނަ ރަނގަޅު ސިފަތައް މާގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
މާޒީގަ ކުށެއް ކުރެވިފައި އޮތުމަކީ އެމީހަކާ ކައިވެނިނުކުރަން އޮތް ސަބަބެއް ނޫން! ކުށް ޤަބޫލުކޮށް އިޞްލާޙްވާ މީހުންގެ ކިބައިން ފެންނަ ރަނގަޅު ސިފަތައް މާގިނަ!

އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ ލޯބިވީ އެންމެ މީހަކުދެކެއެވެ. އޭނާ ނޫން މީހަކު ދެކެ ލޯބިވާކަށްވެސް ބޭނުމެއް ނުވެއެވެ. އެހެން މީހަކާ ކައިވެނިކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ދެމީޙުން ކައިވެނި ނުކުރެވި ލަސްވަނީ ލޯބިވެރިޔާގެ ހުތުރުރު މާޒީއެއް އޮތުމުންނެވެ. މިކަމުގަ ޙައްލަކީ ކޮބައިތޯ؟ 

ތިއައީ އެކި ޢިބާރާތުން ވަރަށް ގިނައިން ލިބޭ ސުވާލަކަށްވާތީ މިގެނެސްދެނީ ހަމަ ތިއަފަދަ ސުވާލަކާއި އެސުވާލަށް ދިން ޖަވާބެވެ! އެއީ ހަމަ ކިޔުންތެރިޔާއަށްވެސް ދޭން އޮތް ޖަވާބުކަމަށްވާތީއެވެ.  

އަޅުގަނޑުގެ ޢުމުރަކީ 30 އަހަރެވެ. 19 އަހަރުން ފެށިގެން ވަޒީފާ އަދާކުރަމެވެ. މަތީތަޢްލީމް ޙާޞިލްކުރީވެސް ކިޔަވަމުންނެވެ. ވަޒިފާއަދާކުރަންފެށީންސުރެ އަމިއްލަ ކަމަކު އެއްވެސް މީހަކު ގާތަކު ނުބުނަމެވެ. ލިބޭ މުސާރައިން މައިންބަފައިންނަށްވެސް އެހީތެރިވަމެވެ.  

އަޅުގަނޑުދެކެ ވަރަށް ލޯބިވާ ޒުވާނަކާއި ބައްދަލުވެއްޖެއެވެ. އޭނާއަކީވެސް އަޅުގަނޑު ފަދައިން ވަޒީފާ އަދާކުރާ ޒުވާނެކެވެ. އަމިއްލަ ފައިމަތީގައި ހުރި ޒުވާނެކެވެ. މައްސަލައަކަށްވެގެން މިއުޅެނީ މީގެ 5 އަހަރުވަރުކުރިން އެކުގައި އުޅުނު ބައެއްގެ ސަބަބުން ގައިގައި ޖެހިފައިވާ ބައެއް ލައްތަކެވެ.  

އޭނާވަނީ ތައުބާވެފައެވެ. އިޞްލާޙްވެފައެވެ. މިހާރު އޭނާއަކީ ތަޤްވާވެރި ޒުވާނެކެވެ. އެހެންކަމަށްވާއިރު ކުރިން ކަމެއްވެފައި އޮތުން އެއީ ކައިވެނިކުރަން ނުވާވަރުގެ މައްސަލައެއްތޯއެވެ؟ ޖަވާބު އަވަސް! 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކައިވެނިކުރަން އުޅޭއިރު އަނެކާގެ މާޒީއަށް ބަލައި ގޮތްނިންމައިގެން ނުވާނެއެވެ. ކިތަންމެ ހުތުރު މާޒީއެއް އޮތް މީހަކު ނަމަވެސް އެމީހަކު ތައުބާވެ ރަނގަޅު ގޮތުގައި އުޅޭނަމަ ބަލަންވާނީ އެކަމަށެވެ. ރަނގަޅުވެގެން ހުރިކަމަށެވެ. ބަލަންވާނީ މިހާރު އުޅޭ ގޮތަށެވެ.  

ތައުބާވެގެން ހުރިނަމަ އޭނާގެ މާޒީގެ މައްޗަށް ބެލުމެއް ނެތެވެ. ތައުބާވުން މާނަމިކުރަނީ އުޅެމުން އައި ގޮތް އިޞްލާޙްކުރުމަށެވެ. ތައުބާވުމުގެ މާނައަކީ އިޞްލާޙްވުމެވެ. ކުރިން ކުރެވުނު ނުރަނގަޅު ކަންކަން ކުރުން ހުއްޓައިލުމެވެ.  

ގިނަފަހަރު ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކޮންމެވެސް ނުބައި މަގަކުން ދެވުމުން އެކަން ވިސްނި އިޞްލާޙްވާ މީހުން، އިޞްލާޙްވުމަށްފަހު އެފަދަ ކުށެއް ނުކުރެވޭ މީހުންނަށްވުރެ މާރަނގަޅެވެ. ވީމާ އޭނާގެ މިހާރުގެ ދިރިއުޅުމަށް ބަލާށެވެ. އިޞްލާޙްވެ ރަނގަޅު ގޮތުގައި އުޅޭނަމަ ކައިވެނިކުރުމަކީ މައްސަލައެއް ކަމަކަށް ނުބެލެވޭނެއެވެ.

 

 

މިއަދު އޮންލައިން