އަވަހަށް ނުނިދައި ނިދުން ލަސްކުރުމަކީ އަވަހަށް ނިދަން އުނދަގޫވުމުގެ އިތުރަށް ނިދުން ހަމައިން ނެއްޓިގެންދާ ކަމެކެވެ. މިޙާލަތަށް ނިންޖަށް އަނިޔާކުރުންވެސް ކިޔައެވެ. ޚާއްޞަކޮށް ނިދިއައުމުންވެސް ނުނިދައި ހޭލާ ހުންނަނަމައެވެ.
ކޮންމެއަކަސް ތަފާތު ސަބަބުތައް މެދުވެރިވެ ނިދަން އުނދަގުވާ މީހުން ބައިވަރެވެ. އެއިގެ ތެރެއިން ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ނިދޭލެއް ލަސްކަމުން ފަތިސްނަމާދަށް ނުހޭލެވޭތީއެވެ. އަދި ދަމުނަމާދަށްވެސް ނުހޭލެވޭތީއެވެ.
ތިރީގައި އެވަނީ ސަމާލުކަން ދެވިދާނެ ބައެއް ކަންކަމެވެ.
ނިދުމުގައި މައްސަލަތައް ކުރިމަތިވާ މީހުން ޤަވާއިދުން ކަސްރަތުކުރާށެވެ! ފަތިހު ތެދުވެ ދުވެލުން ފަދަ ކަމެއް ކުރާށެވެ! އަދި ރޭގަނޑު މަދުވެގެން ފަނަރަ ނުވަތަ ވިހި ވަރަކަށް މިނިޓް ހިނގާލުން ފަދަ ނަމަވެސް ކަސްރަތެއް ކުރާށެވެ. އެއީ ރެސްޓޯރަންޓަކުން ކައިގެން ހިގާފައި ގެއަށް އައުންކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. ބޭނުންވަނީ 2 އިރުވެސް ހަށިގަނޑަށް ކަސްރަތެއް ލިބުމެވެ.
ނަމަވެސް ރޭގަނޑު ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ރޭގަނޑު ކޮފީ ބުއިމަކީ ނިދިއައުން ދުރުކށްދޭ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ 8 ގަޑއިރު ކުރިން ފެށިގެން ކެފެއިން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމެވެ.