އިނގިރޭސި ހައިކޮމިޝަނަރު ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
އިނގިރޭސި ހައިކޮމިޝަނަރު ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މޫސުމީ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ނިކް ލޯ، ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުން އަރައިގަތުމަށް (ލޮސް އެންޑް ޑެމޭޖް) ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނެވެ. އަދި މިފަދަ ގެއްލުންތަކަށް އިޖާބަދިނުމުގައި ދިވެހިރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަމާ ބެހޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން