އައިންތު މިސް ނިޔާވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އައިންތު މިސް ނިޔާވުމުގެ ހިތާމައިގައި ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.

އާމިނަތު ޙަސަނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައާއި، ޚާއްޞަކޮށް ދިވެހިބަހުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް ދިވެހިބަހާއި އަދަބިއްޔާތުގެ ޢިލްމު އުނގަންނައިދެއްވާފައެވެ.

މިއަދު އޮންލައިން