ފެހެންދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ފެހެންދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބ. ފެހެންދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި.

ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ.

މި މަޝްރުޢޫ ހަވާލޮކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒް އެވެ.

މި މަޝްރުޢޫއަކީ 480 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރުޢޫ އެކެވެ. މި މަޝްރުޢޫ ގެ އަގަކީ 6.7 މިލިއަން ރުފިޔާ އެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން