ގްރޭޓަރ މާލޭގެ މިސްކިތްތައް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގްރޭޓަރ މާލޭގެ މިސްކިތްތައް އެއާކޮންޑިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވައިފި

ގްރޭޓަރ މާލޭ ސަރަޙައްދުގެ މިސްކިތްތައް އެއާކޮންޑިޝަން ކުރުމަށްޓަކައި ކުރިއަށްދާ މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އިސްވެރިން މިއަދު ބައްލަވާލައްވައިފިއެވެ.

މި މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ގުޅިގެން އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 800 މީހުންނަށްވުރެ އިތުރު ޖާގައިގެ ހުރިހާ މިސްކިތެއް އެއާކޮންޑިޝަން ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މިސްކިތްތަކުގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަން ކުންފުނީގެ މެނޭޖްމަންޓުން ކަށަވަރުކުރަމުންދާ ކަމަށެވެ.

މިސްކިތްތަކަކީ ނަމާދުކުރާ މީހުންނަށް ފަސޭހަ އަދި އަރާމު ތަންތަނަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މި މަސައްކަތުގެ ދަށުން، މާލެ ސަރަޙައްދުގެ ބޮޑެތި މިސްކިތްތަކުގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.

މިއަދު އޮންލައިން