ނިދުމުގެކުރިން މިދުޢާކުރުމަކީ ޤިޔާމަތްދުވަހުގެ ޢަޛާބުން ތިބާ ސަލާމަތްކުރައްވަވާނެ ސަބަބުކަމަށްވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނިދުމުގެކުރިން މިދުޢާކުރުމަކީ ޤިޔާމަތްދުވަހުގެ ޢަޛާބުން ތިބާ ސަލާމަތްކުރައްވަވާނެ ސަބަބުކަމަށްވެދާނެ!: މުފްތީ މެންކް

އަހުރެން މިބުނެދެނީ ނިދުމުގެ ކުރިން ކުރަން ފައިދާހުރި ދުޢާތަކުގެ ތެރެއިންވެސް ފައިދާބޮޑު  ދުޢާއެކެވެ. އެކަމަކު މިދުޢާކުރަން ގިނަބައަކު ވަނީ ހަނދާންނެތިފައެވެ. 

މިދުޢާއަކީ ފަރުޟް ނަމާދުތަކަށްފަހުގައިވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ދުޢާއެކެވެ. ވީމާ ނަމާދަށްފަހުގައިވެސް މިދުޢާ ކުރެވޭނެއެވެ. 

اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ وَعَلَىٰ آلِ سَيِّدِنَا مُحَمَّدٍ

اللَّهُمَّ احْفَظْنِي مِنْ عَذَابِكَ يَوْمَ تَبْعَثُ عِبَادَكَ  

ނިދުމުގެކުރިންވެސް މިދުޢާކުރާށެވެ! އެއީ ޤިޔާމަތްދުވަހުގެ ޢަޛާބުން ތިބާ ސަލާމަތްކުރައްވަވާނެ ސަބަބުކަމަށްވެދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން