ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއާ މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރއާ މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އެންޑް ގާލް ސުކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިއުމަތު ޝަފީޤުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ނިއުމަތު ޝަފީޤުގެ އިތުރުން މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ އިސް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖޭގައި ގާލް ގައިޑް ހަރަކާތްތައް ކުރިއަށްގެންދިއުމުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ކުރިމަގުގައި މި ހަރަކާތް އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކަށް ގާލް ގައިޑް ހަރަކާތް ފުޅާކުރުމާއި، ކުދިންގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރުމަށް ރޭވިފައިވާ އެކި މަޝްރޫއުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި މެޑަމް ސާޖިދާ ވަނީ ގާލް ގައިޑް ހަރަކާތަކީ ކުދިންގެ އަޚްލާޤާއި ހުނަރު ކުރިއެރުވުމަށް މުހިންމު ހަރަކާތެއްކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން