ކެންސަރުބަލި މިހާ ގިނަވަމުން އަންނައިރުވެސް ގިނަ ވބައަކަށް އިހްމާލުވެވޭ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ކިތަންމެ ބޮޑަށް އިތުބާރުކުރެވޭ ކިތަންމެ މަޝްހޫރުކުންފުންޏަކުން ކިތަންމެ ފެންވަރު މަތިކޮށް އުފެއްދިނަމަވެސް ޕްލާސްޓިކް ކޮންޓޭނަރުގައި މައިކްރޯވޭބް އުނދުނުން ހޫނުކުރާ ތަކެތި ނުކާށެވެ. އެއީ ބޮޑު ރިސްކެކެވެ.
މަސް، އެއްގަމުމަސް ފިހާއިރު އަނދާފައި ހުރިނަމަ އެމަސްނުކާށެވެ. އެދެއްޔަކީ ބޮޑު ރިސްކެކެވެ.
ނިދާއިރު ކައިރީގައި ފޯނުނުބާއްވާށެވެ. ބާލީސްދަށުގައިވެސް ނުބާއްވާށެވެ. ފޯނުން ބޭރުވާ އިލްކްރޯ މެގްނެޓިކް ރޭޑިއޭޝަނަކީ ބޮޑު ނުރައްކަލެކެވެ.
ފޮނި އެއްޗެތި ގިނައިން ނުވަތަ ކޮންމެ ދުވަހަކު ކެއުމަކީވެސް ރިސްކެކެވެ.
މިކަންކަމަށް ގިނަ ބައަކު އިހްމާލުވެއެވެ. އެންމެ ބޮޑަށް އިހްމާލުވަނީ ނިދާއިރު ގާތުގައި ފޯނުބޭއްވުމަށެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަހުރެން ފާހަގަމިކުރި ކަންކަމަކީ އެކަމުގެ ނުރަނގަޅުއަސަރު ދިގު މުއްދަތަކުން ނަމަވެސް ފެންނާނެ ކަންކަމެވެ. ވީމާ ނަޞޭޙަތްތެރިވާން ބޭނުންވަނީ ސަމާލުކަން އިތުރުކުރުމަށެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު