މިއީ އެމީހާގެ ހުރިހާ ކަންބޮޑުވުންތަކުން ސަލާމަތްކުރައްވަވައި އެމީހަކަށް ރަޙްމަތް ލައްވަވާނެ ދުޢާއެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިއީ އެމީހާގެ ހުރިހާ ކަންބޮޑުވުންތަކުން ސަލާމަތްކުރައްވަވައި އެމީހަކަށް ރަޙްމަތް ލައްވަވާނެ ދުޢާއެއް! އިން ޝާ ﷲ

މުސްލިމުން ކޮންމެ ހުކުރު ދުވަހަކު ކަހްފި ސޫރަތް ކިޔަވަމުއެވެ. ވީމާ މިދުޢާ އޮންނާނީ ކުރެވިފައެވެ. އެކަމަކު އެވަރަކުން އަދި

ދުޢާކުރި ކަމަކަށް ނުވާނެއެވެ. ދުޢާކުރިކަމަށްވާނީ ދުޢާކުރުމުގެ ނިޔަތުގައި ދުޢާކުރުމުންނެވެ.  

ބުނަންހެއްޔެވެ؟ މިއީ ހަމަ ކޮންމެ ދުވަހަކުވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ. މިދުޢާގައި މިއެދެވެނީ ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤް ދެއްވެވުމަށެވެ. ބަޔާން މިކުރެވެނީ ތިމާގެ ހުރި ނިކަމެތިކަމެވެ. ޙައްލު ލިބެން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ.  

ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް މިދުޢާކުރާށެވެ.  

رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

"އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"

(އަލްކަހްފު: 10)  

މީގެ އެތައްހާސް އަހަރެއްކުރިން ބައަކަށް ގޮތްހުސްވެ އެހެން އެއްވެސް ގޮތެއް ނެތުމުން ކުރި މިދުޢާ ޤުރްއާނުގައި ބަޔާންކުރައްވަވައި އަހުރެމެންނާއި ހަމައަށް ފޮނުއްވަވާފައި މިއޮތީ މިދުޢާގެ މުހިންމުކަން ބޮޑުކަމުންނެވެ.

ކުރިމަތިވެފައިއޮތް މައްސަލަ ހިތުގައި ބާއްވާށެވެ! މިދުޢާކުރާށެވެ! އިން ޝާ ﷲ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން