ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އެއްބަސްވުމުގައި ސޮއިކުރަން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް އެއްބަސްވުމުގައި ސޮއިކުރަން ހުޅުވާލައިފި

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، ގޯތީގެ ރަޖިސްޓަރީ ބަލައިގަތުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު މި ހުޅުވާލީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަށް ގެނައި ބަދަލުތަކަކާ ގުޅިގެން ގޯތިތައް ކަނޑައެޅުމަށް އަލުން ގުރުއަތުލުމަށްފަހުގައެވެ. ބިން ލިބޭ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި އެންމެ ފަހުން ގުރުއަތުލުން ބާއްވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމުލަ 7 ސައިޒެއްގެ 698 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތަފްސީލަކީ: 1,650 އަކަފޫޓުގެ 181 ގޯތި2,050 އަކަފޫޓުގެ 242 ގޯތި2,450 އަކަފޫޓުގެ 132 ގޯތި2,850 އަކަފޫޓުގެ 62 ގޯތި3,250 އަކަފޫޓުގެ 41 ގޯތި3,650 އަކަފޫޓުގެ 16 ގޯތި4,000 އަކަފޫޓުގެ 24 ގޯތި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަސްކޮށް، ގޯތި ލިބިފައިވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އެޗްޑީސީން ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ ތަރުތީބުން ކަނޑައެޅޭ ތާވަލެއްގެ ދަށުން ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތާއި، ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމުތައް އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން