ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ޕީއެންސީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ޕީއެންސީން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާނީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 6 ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 1210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުންގެ ކެންޑިޑެންސީ ކޮމިޝަނުން ވަނީ ގަބޫލުކޮށްފައެވެ. އެހެންކަމުން ޖުމްލަ 1611 ފަރާތަކަށް އިންތިޚާބުގައި ވާދަކުރުމުގެ ހައްޤު ލިބިގެންވާ ކަމުގެ ލިޔުން މިހާރު ވަނީ ދޫކޮށްފައެވެ.

މި އިންތިޚާބުގައި ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، ވެރިކަންކުރާ ޕީއެންސީން އެކަނިވެސް 665 ކެންޑިޑޭޓުން ވާދަކުރެއެވެ. މިއީ އިންތިޚާބުކުރަންޖެހޭ ޖުމްލަ އަދަދާ ގާތްކުރާ އަދަދެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރާ މިންވަރަކީ:

މި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، އިދިކޮޅު އެމްޑީޕީއަށްވުރެ 170 ކެންޑިޑޭޓުން އިތުރަށް ޕީއެންސީން މި އިންތިޚާބުގައި ވާދަކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނިސްބަތްވާ ޕީއެންސީން މިހާ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނެރުމަކީ އެ ޕާޓީން އިންތިޚާބަށް ދީފައިވާ އަހަންމިއްޔަތު ހާމަވާ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން