ސަރުކާރުން ދޭ ރޯދަ ހަދިޔާ، މަސްދަޅުކޭސް ލިބުން ފަސޭހަވެ ގިނަ ބައެއްގެ ޝުކުރާ ތައްރީފް ރައީސަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ސަރުކާރުން ދޭ ރޯދަ ހަދިޔާ، މަސްދަޅުކޭސް ލިބުން ފަސޭހަވެ ގިނަ ބައެއްގެ ޝުކުރާ ތައްރީފް ރައީސަށް!

ރަމަޟާން މަހަށް އެހީއެއްގެ ގޮތުން ސަރުކާރުން ދެއްވާ ހަދިޔާގެ ތެރޭގައި ހިމެނޭ މަސްދަޅުކޭސް ބެހުމަށް މިފަހަރު ސަރުކާރުން ހަމަޖެއްސި އިންތިޒާމުތަކުގެ ދަށުން، ރޯދަ ހަދިޔާއާ ހަވާލުވާން އަންނަ ކޮންމެ ރައްޔިތަކަށް 5 ވަރަކަށް މިނިޓު ތެރޭ ހަދިޔާ ހަވާލުކުރެވޭތީ ކިޔޫގައި ގިނަ ވަގުތު މަޑުކުރާކަށް ނުޖެހެއެވެ. މިއީ ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މިލުއިކަން ގެނެސްދެއްވާފައިމިވަނީ ކުރީ އަހަރުގެ ތަޖުރިބާއަށް ބައްލަވައިގެންނެވެ. ރައްޔިތުންނަށް ރޯދަ ހަދިޔާ ބަހަން ފެށީ މި ސަރުކާރުންނެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމެކެވެ. މިވެރިކަމުގެ ވަރަށް ކުރީކޮޅު އައި ފުރަތަމަ ރޯދަމަހުވެސް ވަނީ ބަހައިފައެވެ. އެފަހަރު ރޯދަ ހަދިޔާ ބަހަން ފެށި ހަފުތާގައި ކިޔޫ ދިގުވެ، ހަދިޔާއާ ހަވާލުވާން ގިނަވަގުތު ނަގާތީ ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުވި ނަމަވެސް، އެކަން މިފަހަރު މިވަނީ ސަރުކާރުން ޙައްލުކޮށްދީފައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ރޯދަ ހަދިޔާބެހުން މިއަހަރު ކުރިއަށް ދަނީ ބަލައިދާ މީހުންނަށް ވަރަށް ބޮޑަށް ލުއިފަސޭހަވާނެ ގޮތަކަށެވެ. ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ ސިޓީގައި އެކަނި 27000 އަށްވުރެ ގިނަ މަސްދަޅު ކޭސް ވަނީ ގެންގޮސްފައެވެ. މިކަމުން އަންގައިދެނީ މިކަމަށް ރައްޔިތުންގެ ތަރުޙީޞު އޮތްމިންވަރުގެ ބޮޑުކަމެވެ. ރޯދަހަދިޔާއަށް މަސްދަޅުކޭސް ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށްތަކެއްގައިވެސް ބަހާނެއެވެ. ބައެއް ރަށުކައުންސިލްތަކުން ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ގޭގެއަށް ގެންގޮސްވެސްދެއެވެ. "އަޅުގަނޑުމެންގެ ގޭގައި 4 ބައަށް މީހުން އުޅޭ! އެހެންވެ 4 މީޓަރު ހުރޭ! ކުރީ އަހަރުވެސް 4 ކޭސް ަމސްދަޅު ލިބުނު. އެހެންވެ ރަމަޟާން މަހު ބޭނުންކޮށްފައިވެސް އިތުރުވެ ގިނަ ދުވަސްތަކަކު ބޭނުން ކުރެވުނު! މިއީ ވަރަށް ފައިދާހުރި ހަދިޔާއެއް! މިއަހަރު މިހާ ފަސޭހައިން ލިބޭތީއާއިވެސް އެކު ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް ޑރ. މުޢިއްޒު!" މިއީ ކިޔޫގައި ހުރެ މީހަކު ބުނި ވާހަކައެކެވެ.

މިއަދު އޮންލައިން