ޙަލީމާގެ 2 ކިޑްނީ ފޭލްވުމުން 1 ކިޑްނީ ބަދަލުކޮށް ދިރިއުޅެމުން ދަނިކޮށް އެކިޑްނީން ލީކްވާތީ ފަރުވާ ހޯދަން ދީލަތި އެހީތެރިކަމަށް އެދި ކުރާ ޢާދޭސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޙަލީމާގެ 2 ކިޑްނީ ފޭލްވުމުން 1 ކިޑްނީ ބަދަލުކޮށް ދިރިއުޅެމުން ދަނިކޮށް އެކިޑްނީން ލީކްވާތީ ފަރުވާ ހޯދަން ދީލަތި އެހީތެރިކަމަށް އެދި ކުރާ ޢާދޭސް

އަޅުގަނޑަކީ ޢުމުރުން 58 އަހަރުގެ އަންހެނަކީމެވެ. ދެކިޑްނީ ފޭލްވުމުން ބަދަލުކުރެވުނު 1 ކިޑްނީގައި ދިރިއުޅެމުން އަންނަ އަންހެނަކީމެވެ. ލައްވާފައިން ކިޑްނީން ލީކްވާތީ ފަރުވާ ހޯދަން ވަނީ ޖެހިފައެވެ. ރާއްޖެއިން ކުރެވެން ނެތުމުން ބޭސްފަރުވާއަށް ދާން އާސަންދަ ވަނީ ލިބިފައެވެ. ލިބިފައިވަނީ 2 މީހުންގެ ޓިކެޓާއި ބޭސްފަރުވާއެވެ. ހުރުމާއި އެހެން ޚަރަދުތައް ކުރަންޖެހެނީ އަމިއްލައަށެވެ.

eheeއަޅުގަނޑުގެ ކިޑްނީ ބަދަލުކުރަންވެސް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިކަން ލިބުނެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު އެކަން ކުރެވުނީ ގިނަ ބައެއްގެ އެހީތެރިކަމުގައެވެ. މިޙާލަތުގައިވެސް އަޅުގަނޑު އާދޭސް މިދަންނަވަނީ ހެޔޮއެދިލައްވާ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށެވެ.

ehee އަޅުގަނޑުގެ ފިރިމީހާއަކީ އާދައިގެ ވަޒިފާއެއްގައި ސަރުކާރުގައި މަސައްކަތްކުރާ މުވައްޒިފެކެވެ. އަޅުގަނޑުގެ ބޭސްފަރުވާއަށް ގިނަގިނައިން ބޭރަށްދާންޖެހޭތީ އަތުގައި އެއްވެސް އެއްޗެއް ނެތެވެ. އަދި މިފަދަ ކަމަކަށް ޚަރަދުކުރުމުގެ ތަނަވަސްކަން ހުރި ދަރިއަކުވެސް ނެތެވެ. ވީމާ އަޅުގަނޑުގެ ދިރިހުރުމާއި ގުޅިފައިވާ މިބޮޑު ކަންތަކުގައި އަޅުގަނޑު އެދެނީ މާތް ﷲ އަށްޓަކައި އެބޭފުޅަކަށް ވެދެއްވެން އޮތް ދީލަތި އެހީތެރިކަމެއް \ފޯރުކޮށް ދެއްވެވުމެވެ. ޙަލީމާ ޙުސައިން ފޯން: 7727867، 9791533

ޑޮލަރު އެކައުންޓް ނަންބަރު: 7704278069101 ރުފިޔާ އެކައުންޓް ނަންބަރު: U.S $ 7730000416214

މިއަދު އޮންލައިން