"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހު ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހު ކޮށްފި

ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން އަދި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މި ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، "ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ"ގެ ނަމުގައި ޤައުމީ ސިޔާސަތެއް އެކުލަވައިލައި މިއަދު ވަނީ އިފްތިތާހު ކޮށްފައެވެ.

މި ސިޔާސަތު އިފްތިތާހު ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް، އޮނަރަބަލް ޠާރިޤު އިބްރާހީމެވެ.

ގައުމީ ފެނާއި ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައި ތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެކެވެ. މި ސިޔާސަތުގެ ދަށުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި، ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކުރުމުގެ އިތުރުން، ދިރާސާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި އަދި އާންމުން ހޭލުންތެރިކުރުން ފަދަ މުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެވިފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން