އިޚްލާޞްތެރިކަމާއިއެކު ދަންވަރު ކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އިޚްލާޞްތެރިކަމާއިއެކު ދަންވަރު ކުރާ ކޮންމެ ދުޢާއެއްވެސް ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

މީހެއްގެ ކިބައިން މާފަށް އެދޭއިރު ބޭރުފުށުންވެސް އެދެވިދާނެއެވެ. މިބުނީ ކުށެއް ކުރެވުނުކަން ޤަބޫލުނުކުރެވޭ ޙާލުގައި މަޞްލަޙަތަށްޓަކައިވެސް މީހަކު މާފަށް އެދިފާނެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ތައުބާ ޤަބޫލުކުރެއްވެވުމަށް އެދި ދަންނަވާއިރު މުޅިން ތަފާތެވެ. ސަބަބަކީ ތިބާގެ ހިތް ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.  

އިޚްލާޞްތެރިކަމާއިއެކު ދުޢާކުރަން މިބުނަނީ ތަފާތު ސަބަކަށްޓަކައެވެ. އެއީ ފާފަ ނުކުރަން މަސައްކަތްކުރަން ޢަޒުމް ކަނޑައެޅުމެވެ. ނަމާދުކުރުމަށް ފަރުވާކުޑަކުރެވޭމީހާ ދުޢާކުރާއިރު އެކަން ތަކުރާރުނުކުރަން ޢަޒުމް ކަނޑައެޅުމެވެ.  

ދަންނާށެވެ! ނިދިން ނުހޭލެވިގެން ނުވަތަ ހަނދުމަނެތިގެން ނަމާދެއް އެޅުނަސް ކަންބޮޑުނުވާށެވެ. އެއީ ކުށެއް ކަމަށް ﷲ ތަޢާލާ ޤަބޫލުފުޅެއްވެސް ނުކުރައްވަވާނެތެވެ. އެކަމަކު ނިދީން ހޭލެވުމާއިއެކު ނުވަތަ ހަނދާންވުމުން ނަމާދުކުރަން އަވަސްވެގެންފިނަމައެވެ. ނޫންނަމަ އެކުރެވުނީ ފާފައެކެވެ.  

ދުޢާ ކުރުމާއިމެދު ދަންނާށެވެ! ކަމަކަށް އެދިގެން ދުޢާކުރަން ބޭނުންވުމުން ކޮންމެ ވަޤުތަކުވެސް ދުޢާކުރާށެވެ. އެހެންކަމާއިއެކުވެސް ދުޢާ ޢިޖާބަ ކުރައްވަވާ ޚާއްޞަ ވަޤުތުތަކުގައި ދުޢާކުރަން ސަމާލުކަންދޭންވާނެއެވެ. އެކަމަށް އޮތް އެންމެ ޚާއްޞަ ވަޤުތަކީ ރޭގަނޑުގެ ފަހުބައެވެ. އެގަޑީގައި އިޚްލާޞްތެރިކަމާއިއެކު ކުރާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ. އިން ޝާ ﷲ


- މުފްތީ މެންކުގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން