ކައިވެނިކުރުމަށްފަހު ބައިވެރިޔާއާ ލޯބިން ވާހަކަ ނުދެއްކުން- ދިރިއުޅުމުގެ އުފާވެރިކަން ގެއްލޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައިވެނިކުރުމަށްފަހު ބައިވެރިޔާއާ ލޯބިން ވާހަކަ ނުދެއްކުން- ދިރިއުޅުމުގެ އުފާވެރިކަން ގެއްލޭ ކަމެއް!

އަހުރެން ފާހަގަ މިކުރަނީ ގިނަ ބައަކަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ކައިވެނި ކުރުމަށްފަހު ބައެއް ފިރިން އެމީހުންގެ އަނބިންނާ ވާހަކަ ދައްކަނީ ވަރަށް ހަރުކަށިކޮށެވެ. މުޢާމަލާތުކުރަނީވެސް ވަރަށް ހަރުކަށިކޮށެވެ. އެކަމަކު ގެއިން ބޭރުގައި ބައްދަލުވާ މީހުންނާއި ވާހަކަދައްކަނީ ވަރަށް ލޯބިންނެވެ. މުޢާމަލާތުކުރަނީވެސް ވަރަށް އޯގާތެރިކަމާއިއެކުގައެވެ. ހަމަ މިގޮތަށް ޢަމަލުކުރާ އަނބިންވެސް ތިބެއެވެ.  

މިއީ ކުރެވޭ ކޮންފަދަ ބޮޑު ކުށެއް ހެއްޔެވެ؟ ބޭރުން ބައްދަލުވާ މީހުންނަކީ ހިނދުކޮޅެއްގެ މެހްމާނުންނެވެ. އަބަދު ތިމާއާއިއެކުގައި ހުންނާނީ ބައިވެރިޔާއެވެ. މުހިންމީ އެހެން މީހުންގެ ސަމާލުކަން ހެއްޔެވެ؟ އެހެން މީހުންގެ ރުހުން ހެއްޔެވެ؟ ނޫނީ ބައިވެރިޔާގެ ސަމާލުކަމާއި ރުހުން ހެއްޔެވެ؟  

އަހުރެން ވަރަށް އާދޭހާއިއެކު ބުނަމެވެ. މިގޮތަށް ކަންކަން ކުރެވޭ ނަމަ އެކަން އަވަހަށް ހުއްޓައިލާށެވެ. ބައިވެރިޔާއާއި ލޯބިން ވާހަކަދައްކާށެވެ. މީގެ މާނައަކީ އެހެން މީހުންނާ ލޯބިން ވާހަކަ ނުދެއްކުމެއް ނޫނެވެ. އެންމެންނާއިވެސް ވާހަކަ ދައްކަންވާނީ ވަރަށް ލޯބިންނެވެ. ބައިވެރިޔާ އާއި ވާހަކަ ދައްކަންވާނީ އެހެން އެންމެންނަށްވުރެވެސް ލޯބިންނެވެ.  

ތިމާގެ ދިރިއުޅުމަށް އެންމެ ބޮޑަށް ފައިދާކުރާނީ އެއިރުންނެވެ. އުފަލުގައި ހުރެވޭނީ އެއިރުންނެވެ. އެހެން އެންމެންނަށްވުރެ ބައިވެރިޔާ ދެކެ ލޯބިވެގެންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން