ލޯބިވެގެން އެކުގައި އަހަރެއްހައި ދުވަހު ދިރިއުޅުމަށްފަހު ލޯބިވެރިޔާގެ އެދުމަށް އޭނާގެ ގެއަށް ދިއުމުން ފެނުނީ ރޯން އިން މާބަނޑު އަންހެނެކެވެ. އެކަމަކަށް ލޯބިވެރިޔާއަޅައެއް ނުލައެވެ. އަހުރެންނަށް ބުއިމެއް ގެނެސްދޭނަން ކަމަށްބުނެ ދިއުމުން އެއަންހެން މީހާއާއި ސުވާލުތައް ކުރަން ފެށީމެވެ. ރޯސަބަބަކާއިމެދުގައެވެ. އެތައް ސުވާލެއް ކުރުމުން ކިޔައިދިނެވެ.
އެއީ އޭނާގެ އަނބިމީހާއެވެ. ގެއަށް އަންހެނުން ގެނެސް ކުރިމަތީގައި ގެންގުޅުމަކީ ޢާންމު ކަމެކެވެ. ބަހެއް ބުނެފިނަމަ ތަޅައި އަނިޔކުރެއެވެ.
ލޯބިވެރިޔާ އެނބުރި އައުމުން މިއީ ކޮން އަންހެނެއްތޯ ސުވާލުކުރުމުން ފުރަތަމަ އުޅުނީ ނުބުނާށެވެ. އެހެން ހުރެފައި އަތުގައި ހުރި ތަށީގައި ހުރި އެއްޗެތި އަނބިމީހާގެ ގައަށް ޖެއްސެވެ. އަދި ބުންޏެވެ. "މިއީ މަގުމަތިން އަހުރެން ހޮވި އަންހެނެކެވެ. މީނާއާއި ކައިވެނިކުރިކަން އެއީ އަހުރެންނަށް ކުރެވުނު ބޮޑު ކުށެކެވެ. މިއީ މަރާލަންވެފައި އިން އަންހެނެކެވެ."
އަހުރެން ބުނީމެވެ. "އޭނާ މަރައިލާކަށް ނުޖެހެއެވެ. އޭނާއަށް އިތުރަށް އަނިޔާކުރާނެ ފުރުޞަތެއްވެސް ނުދޭނަމެވެ. އަހުރެން އޭނާ ގޮވައިގެން މިދަނީއެވެ. އިތުރަށް ވާހަކަ ދައްކަން ބޭނުންނަމަ އަހުރެންގެ ގެއަށް އަންނާށެވެ. ތިބާއަކީ ބޮޑު ފުރޭތައެކެވެ. އަންތބަކު ނެތްކަމަށް ބުނެ އަހުރެންގެ ގާތުގައި ދޮގުތައް ހަދަމުން ތިއައައީ މާބަނޑު އަނބިމީހާގެ ގައިގައި ތަޅާއަނިޔާކުރަމުންނެވެ."
އަހުރެން އޭނާ ގެންދިއައީމެވެ. އުޚުތެއްފަދައިން ބެލެހެއްޓީމެވެ. އެމީހާއެއް ނައުދެއެވެ. އެހިސާބުން ކޯޓަށްގޮސް ވަރިކުރުވާފައި ރަނގަޅު މީހަކާއި ކައިވެނިކުރުވައި ޙަވާލުކުރީއެވެ. އެދެމީހުން ދިރިއުޅެމުން އެގެންދަނީ ވަރަށް އުފަލުގައެވެ.
އަހުރެން އެކަންކަން ކުރީ ވަރަށް ދަތިޙާލުގައި ހުރެއެވެ. އެކަމަކު މިއަދު އަހުރެންނަކީ ތަނަވަސް ފިރިއެއްގެ އަނބިމީހާއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި އަހުރެންނަށް މީހާ އުފާވެރި ދިރިއުޅުމެއް ލިބުނީ އަނިޔާލިބެމުންދިއަ އެފަދަ ނިކަމެތި އަންހެނަކަށް އެދުވަހު، އެޙާލަތުގައި އެހީތެރިވީތީއެވެ.
އަހުރެން އުންމީދުކުރަނީ ހުރިހާ އަންހެނުންވެސް އަހުރެން ފަދައިން ވިސްނުމެވެ. އަދި ޢަމަލުވެސް ކުރުމެވެ. އެއިރުން ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. މާއުފަލުގައި ދިރިއުޅެވޭނެއެވެ.
މިއީ އަޅުގަނދަށް ފެނުނު ވީޑިއޯއެއްގައި ކަންތައްވީ ގޮތުގެ ވާހަކައެވެ. އަޅުގަނދަށް ވިސްނޭ ގޮތުން މިއީ ހަމަ ކޮންމެ އަންހެނަކަށްވެސް ވިސްނައިލުމުން ފައިދާކުރާނެ ޙާދިސާއެކެވެ.
- ވަލީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ