ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭހެއް ލިބިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭހެއް ލިބިގެންދާނެ: ރައީސް

ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ހުރިހާ ބޭހަކާއި މިވަގުތު ލިބެން ނެތް އެތައް ބޭހެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ މިއަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން މި ބޭސްތައް ރާއްޖެއަށް ލިބެން ފަށާނެ ކަމަށެވެ. މިއީ ރާއްޖޭގެ ބޭހުގެ ބާޒާރުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުމެކެވެ.

ޒިންމާދާރުކަމާއެކު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާމާއިން މިހާރު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު މަސައްކަތް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ސަބަބުން ބޭސް ފޯރުކޮށްދިނުމުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގެ ގޮތުން ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް މިއަހަރު ތެރޭގައި ކަށަވަރު ކޮށްދޭނަން" ކަމަށެވެ.

މި ނިންމުމާއެކު، ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށް ބޭނުންވާ މުހިންމު ބޭސްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން