ޢިބްރަތްތެރި ވާހަކަ: މާބަނޑު އަންހެނެއްގެ ގައިގަ ޖަހަން އަތް އިސްކުރި ފަހަރި ވެއްޓި ވަޤުތުން ކޯމާއަކަށް! މުހިންމީ ދެން ހިނގި ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޢިބްރަތްތެރި ވާހަކަ: މާބަނޑު އަންހެނެއްގެ ގައިގަ ޖަހަން އަތް އިސްކުރި ފަހަރި ވެއްޓި ވަޤުތުން ކޯމާއަކަށް! މުހިންމީ ދެން ހިނގި ކަންކަން!

އެއީ އާދައިގެ ފެންވަރުގެ މީހަކާއި ކައިވެނިކުރި ތަނަވަސް އަންހެނެކެވެ. ކައިވެނިކޮށްގެން ދިރިއުޅުނީވެސް ފިރިމީހާގެ ގޭގައެވެ. ގޭގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައިދީ އެންމެންގެ ބޭނުންތައްވެސް ފުއްދައިދީގެންނެވެ.  

އެވަރުންވެސް ޅިޔަން ފަހަރިންގެ ހިތެއް ނުފުރުނެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ބޮޑު ތަނަވަސްކަމެކެވެ. ގިނަ ޢަދަދެއްގެ ފައިސާ އެމީހުންގެ އެކައުންޓަށް ޖަމާކޮށްދިނުމަށެވެ. އެކަން ނުކުރުމުން އައީ ދެބަސްވުންތައް ހިނގަމުންނެވެ.  

ބަލިވެ އިނދެ ބަނޑަށް ފަސްމަހުގައި ފަހަރިއަކު ރުޅިއައިސް ގައިގައި ޖަހަން އައެވެ. އެކަމަކު ފައިކައްސާލައިގެން ވެއްޓުނީއެވެ. ވެއްޓި ބޯޖެހި ހޭނެތުނީއެވެ. ހޮސްޕިޓަލަށް ގެންދިއުމުން ބުނީ ސިކުނޑިއަށް ލޭއެޅިފައިވާ ކަމަށާއި ބޮޑު އޮޕަޜޭޝަނެއް ކުރަންޖެހޭނެ ކަމަށާއި އެކަމަށް ވަރަށް ގިނަ ޢަދަދެއްގެ ފައިސާ ބޭނުންވާނެ ކަމަށެވެ.  

ޢާއިލާއަކު ފައިސާއެއް ނެތެވެ. ޖެހުނީ ފަހަރީގެ އެހީތެރިކަމަށް އެދޭށެވެ. އެކަމަކު އެކަމަށް އެދެން އެކަކަށްވެސް ނުކެރުނެވެ. ކަންތައް ހިނގާފައި އޮތްގޮތުންނެވެ. އެހެންކަމާއިއެކުވެސް އެނގޭހެއްޔެވެ؟ އެކަން އޭނާއަށް އެނގުމާއިއެކު ވަޤުތުން ފައިސާ ޖަމާކޮށްދިނެވެ. ނަމަވެސް އޭނާގެ ޢާއިލީ ގެއަށް ދިރިއުޅުން ބަދަލުކުރިއެވެ. ސަބަބެއްކަމަށް ބުނީ އޭނާއާއި އޭނާގެ ދަރިފުޅުގެ ރައްކައުތެރިކަމަށްޓަކައި ކަމަށެވެ. އެހެން ބުނުމުން ފިރިމީހާއަށްވެސް އަދި އެހެން މީހަކަށްވެސް ބުނެވޭނެ އެއްޗެއް ނެތުމުން މަޑުން ތިބީއެވެ.  

ޙަޤީޤަތަކީ ރަންބިސްއަޅާކުކުޅު ގެއްލުނީއެވެ. މާގިނައިން އެއްފަހަރާ ބިސްއަޅުވަން އުޅުނީމަ ކެތް ނުކުރެވިގެން ފިލީއެވެ.

މިވާހަކައަކީ އަޅުގަނޑަށް ފެނިފައިވާ ވީޑިއޯއެއްގެ ޚުލާޞާއެކެވެ. އަޅުގަނޑު އުންމީދުކުރަނީ މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ. މާބބަނޑު ކޮންމެ އަންހެނަކީ އޭނާ ފަދަ ތަނަވަސް އަންހެނަކަށް ނުވެދާނެއެވެ. ނަމަވެސް ބަލިވެ އިނދެއްޖެނަމަ ވިހަންދެން އެއީ މާބަނޑު އަންހެނެކެވެ. އޭނާއަށް އަނިޔާވެރިވާން ހެޔޮނުވާނެއެވެ. ހަމަ އެއާއިއެކު މާތް ﷲ ދެއްވަވާ ރިޒުޤަށް އަމިއްލައަށް ހުރަސްއެޅީއެވެ. އަމިއްލަ އެދުން ބޮޑުވީވަރުންނެވެ. އެކަމުގެ ނަތީޖާ ފެނިގެންދިއަގޮތް އެއީވެސް ޢިބްރަތް ޙާޞިލްކުރަންޖެހޭނެ ކަމެކެވެ.

 

- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން