އެޗްޑީސީގެ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް: 100 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީ ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެޗްޑީސީގެ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް: 100 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީ ކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަޞްރު ޖަމްޢިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޤުރްއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބި، 100 އަށްވުރެ ގިނަ ކުދިން އެ ކްލާސްތަކުގައި ރަޖިސްޓްރީ ކޮށްފިއެވެ.

މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، އެޗްޑީސީން ބުނީ އެންމެ 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރިފައިވާ ކަމަށެވެ. މިގޮތުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން ވަނީ ކްލާސްތަކުގައި ބައިވެރިވެފައެވެ. ތަރުހީބު ބޮޑުވުމުގެ ސަބަބުން މިހާރު ވަނީ ކްލާސްތަކަށް އިތުރަށް ކުދިން ނެގުން ބަންދުކޮށްފައެވެ.

މިއީ ހުޅުމާލޭގައި ޤުރްއާން ކްލާސްތައް ހިންގުމާއި ދީނީ ދަރުސް ދިނުމަށްޓަކައި އަލް އަޞްރު ޖަމްޢިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ކުދިންނަށް ދީނީ ތަޢުލީމާއި ޤުރްއާން އުނގަންނައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ހަފްތާއަކު ފަސް ދުވަހު ކްލާސްތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ކޮންމެ ދުވަހަކު ޤުރްއާން ކިޔަވައިދޭ ހަތަރު ސެޝަން ކުރިއަށްދާނެއެވެ.

މި ކްލާސްތައް އިންތިޒާމު ކުރެވިފައިވަނީ ހެނދުނާއި ހަވީރުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވަކިވަކިން ކްލާސްތައް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން