ދިރިއުޅުމާމެދު ވިސްނާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއް!: ވަފާތެރި، ހަރުދަނާ އަނބިމީހާގެ އަގު ވަޒަން ނުކުރި ފިރިއަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ދިރިއުޅުމާމެދު ވިސްނާ ކޮންމެ މީހަކަށް އަގުހުރި ފިލާވަޅެއް!: ވަފާތެރި، ހަރުދަނާ އަނބިމީހާގެ އަގު ވަޒަން ނުކުރި ފިރިއަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ-

އެއީ ތަނަވަސް ދެމަފިރިންނެވެ. ފިރިމީހާއަކީވެސް ތަނަވަސް މީހެކެވެ. އަނބިމިހާއަކީވެސް ތަނަވަސް މީހެކެވެ. ކައިވެނީގައި 15 އަހަރެވެ. 3 ދަރިން ވަނީ ލިބިފައެވެ. ދުވަހަކުވެސް ދެބަސްވާކަށް ނުޖެހެއެވެ. އުޅެނީ ވަރަށް ލޯބިންނެވެ.

އެއްދުވަހަކު ދެމަފިރިން އެކުގައި ތިއްބައި ފިރިމިހާގެ ފޯނަށް ލިބެނީ ފޮޓޯއެކެވެ. އަނބިމީހާ އާއި ޑްރައިވަރާއި ދެމީހުން ވަރަށް ގާތުގައި ތިއްބައެވެ. ފިރިމީހާއަކަށް ޙަޖަމެއް ނުކުރެވުނެވެ. ރުޅިއައިސް އެއްޗެތިގޮވަން ފެށިއެވެ. އެއްޗެތި ގޮވަމުން ގޮސް ކަސްބީއެއް ކަމަށްވެސް ބުންޏެވެ. 

އެއްޗެތި ގޮވައި ނިމުމުން އަނބިމީހާ ގޭގެ ނޯކަރު އަންހެން ކުއްޖަކަށް ގޮވައި ގެނުވާފައި ސުވާލުކުރިއެވެ. "މީނާއަކީ ބިކުރުވެރި ކުއްޖެކެވެ. ރޭކުރީ ހަމައެކަނި ކަލެއާއިއެކުގައެވެ. ބަލިވެއިނީ ކާކުގެ ދަރިއަކަށް ހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިއަ ބުނާ ކަސްބީއަކީ އަހުރެން ހެއްޔެވެ؟ ކަލޭ ހެއްޔެވެ؟"  

ފިރިމީހާއަށް ފުރަތަމަ އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. މިބުނީ އޭނާ ބަލިވެ އިންކަމަށް ޤަބޫލުނުކުރެވުނު ވާހަކައެވެ. ހޮސްޕިޓަލުގެ ނަތީޖާ ދެއްކީމާ ވަރަށް ދެރަވެފައި ބުންޏެވެ. "އެއީ ޤަޞްްދުގައި ކުރިކަމެއް ނޫނެވެ. އަވަހަށް ަދރިފުޅު ވައްޓައިލާށެވެ!" ޖަވާބުގައި އެކުއްޖާ ބުނީ ފަޤީރަސް އެއީ އެމީހުން ކުރާ ކަމެއް ނޫންކަމަށެވެ.

އަނބިމީހާ ބުންޏެވެ. "ތިއަ ލިބުނު ފޮޓޯ ފޮނުވީ އަހުރެންނެވެ. ތިއަ ފޮޓޯ ނެގީ ލޯބީގެ އެއްވެސް ގުޅުމެއް އޮވެގެނެއް ނޫނެވެ. ގޭގެ ކެމެރާއިން ބަލައިލީމާ ފޮޓޯ ނެގިގޮތް ފެންނާނެއެވެ. އަހުރެން ކަލެއާ ކައިވެނިކުރީވެސް ޢިއްފަތްތެރިކަމާއިއެކުގައެވެ. އަދި މިއަދާއި ހަމައަށްވެސް އަހުރެން މިހުރީ އެގޮތުގައެވެ. އަތާއި ޖިންސީ ގުނަވަނެއް ކީއްކުރަން ހެއްޔެވެ؟ އެންމެ ކުޑަމިނުން ނޫފަތާއި ތުންފަތް ބީހުނު އެހެން މީހަކު ނުހުންނާނެއެވެ. އެކަމަށް ކަލޭ ތިއަދިނީ ކިހާރަނގަޅު ބަދަލެއް ހެއްޔެވެ؟  

ޒުވާބުކުރާކަށް ނެތީމެވެ. ހިތާމަކުރާކަށްވެސް ނެތީމެވެ. މިއީ ދެމީހުންގެ ފައިސާއިން ގަނެފައި ހުރި ގެއެކެވެ. މިގެވެސް ކަލެއަށާއި ލިބެން އުޅޭ ދަރިފުޅަށެވެ. އަހުރެންނާއި 3 ދަރިން މިދަލުވަނީ އެންމެފަހުން އަހުރެން ގަނެފައި ހުރިގެއަށެވެ. ދެންވެސް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ. އަހުރެންގެ މަތިން ހަނދާން ނައްތައިލާށެވެ! އެއްވެސް ކަމެއް ކޮށްދޭނެނަމަ އަވަހަށް ވަރިކޮށްލައިދޭށެވެ.  

5 އަހަރު ފަހެވެ. ފިރިމީހާގެ އާވާރާ ދިރިއުޅުމުގެ ސަބަބުން ބަނގުރޫޓުވީއެވެ. ދަރަނިން ސަލާމަތް ނުވެވިގެން ކުންފުނިވެސް ވިއްކާލަންޖެހުނީއެވެ. އޭނާގެ ކަންކަން ކޮންޓްރޯލްކޮށްގެން ހިފަހައްޓައިދިން އަނބިމީހާ ކޮށްދިން ޚިދުމަތުގެ އަގުވަޒަންކުރެވުނީ އެހިސާބުންނެވެ. ދެން އަވަހަށް ދިއައީ އަނބިމީހާއާއި ބައްދަލުކުރުމަށެވެ. ދެވުނުއިރު ސަލާމަތެއް ނެތެވެ. އަނބިމީހާ ހުރީ އޭނާގެ ވިޔަފާރި ބަނގުރޫޓުވެގެން ކުންފުނި ވިއްކައިލުމުން ގަތް މީހާއާއި ކައިވެނިކޮށްގެންނެވެ. އަނބިމީހާ ބުނީ އެކުންފުނި ގަތީ 3 ދަރިންނަށްޓަކައި އޭނާ ކަމަށެވެ. ދެންވެސް ރަނގަޅަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކުރުމަށެވެ. އިތުރަށް އުނދަގޫ ނުކުރުމަށެވެ.  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ތިމާއަށް ވަފާތެރި، ހަރުދަނާ އަނބިންގެ އަގު ވަޒަންނުކުރާ ފިރިންނަށް ޢިބްރަތްތެރި ފިލާވަޅެކެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢިބްރަތްތެރި ވާހަކަ-

މިއަދު އޮންލައިން