ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ފަދަ މަރުކަޒުތަކުގައި ޚިދުމަތްކުރާ މީހުން އިތުރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.
އެގޮތުން، ފާއިތުވި 2 އަހަރު ތެރޭގައި މަރުކަޒުތަކުގައި ޚިދުމަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ހުނަރާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ތަފާތު ލައިފް ސްކިލް ޓްރެއިނިން ޕްރޮގްރާމްތަކާއި ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަބަރު: ސަރުކާރު