ކަޅުތުއްކަލާކޮށީގެ މަޝްރޫޢާއެކު ސިފައިންގެ އެކަމަޑޭޝަނާއި ހިންގުމަށް ބޮޑު ލުޔެއް ލިބޭނެ: ވަޒީރު ޣައްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކަޅުތުއްކަލާކޮށީގެ މަޝްރޫޢާއެކު ސިފައިންގެ އެކަމަޑޭޝަނާއި ހިންގުމަށް ބޮޑު ލުޔެއް ލިބޭނެ: ވަޒީރު ޣައްސާން

ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން ސިފައިންގެ އެކަމަޑޭޝަނާއި އިދާރީ ހިންގުމާއި ލޮޖިސްޓިކްއަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޣައްސާން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޒުވާން ސިފައިން މާލެ ސަރަޙައްދުގައި ޚިދުމަތް ކުރަމުންދާއިރު، މިހާރުގެ ހާލަތަކީ ސިފައިންގެ ވަޒީފާއަށް މާލެ އައިސް ކުއްޔަށް ތިބެންޖެހުން ކަމަށެވެ. ނަމަވެސް ކަޅުތުއްކަލާކޮށީގައި އަލަށް ފަށާ މަޝްރޫޢާއެކު މިފަދަ އެތައް ދަތިތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަޅުތުއްކަލާކޮށީގެ މަޝްރޫޢުގެ ސަބަބުން މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށާއި ލޮޖިސްޓިކްއަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދާނެ،" ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ކަޅުތުއްކަލާކޮށީގައި ޢުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މިކަން އިޢުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

މި މަޝްރޫޢަކީ ސިފައިންގެ މަސައްކަތުގެ މާޙައުލު ހަރުދަނާކޮށް، ސިފައިންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިއްމު މަސައްކަތެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

މިއަދު އޮންލައިން