މާލޭގެ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތްތައް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
މާލޭގެ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތްތައް ސްޓެލްކޯގެ އިސްވެރިން ބައްލަވާލައްވައިފި

ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން މާލޭގެ ސްކޫލްތައް އެއާކޮންޑިޝަން (އޭސީ) ކުރުމަށް ކުރިއަށްދާ މަސައްކަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އިސްވެރިން މިއަދު ބައްލަވާލައްވައިފިއެވެ.

ސްޓެލްކޯއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި އެ ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އާއި ކުންފުނީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތުގައި ސްޓެލްކޯގެ ޓީމުން ވަނީ ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް އަދި އިމާދުއްދީން ސްކޫލަށް ވަޑައިގެން، އެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، އެކަމާ ގުޅޭ ފަންނީ ކަންކަން ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކެއް އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ވައުދުފުޅު ފުއްދުމަށްޓަކައި ރައީސްގެ އިސްނެންގެވުމުގެ މަތިން ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫއުގެ ދަށުން ގިނަ ސްކޫލްތަކެއްގައި މިހާރު ދަނީ އަމަލީ މަސައްކަތް ކުރެވެމުންނެވެ.

މި މަޝްރޫއުގެ ސަބަބުން ދަރިވަރުންނަށް އުނގަންނައިދޭ މާހައުލަކީ ފިނި އަދި ފަހި މާހައުލަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ސްޓެލްކޯއިން ދަނީ މި މަޝްރޫއަށް ބޭނުންވާ ކަރަންޓުގެ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ފޯރުކޮށްދެމުންނެވެ.

މިއަދު އޮންލައިން