ބިރުވެރި މަރެއް!: ނެށުމަށް ލޯބިކޮށް ނަށައި އުޅުނު އަންހެނަކު މަރުވުމުން ހަށިގަނޑު ނެށުމުގެ ޕޯސަކަށް ބަދަލުވެ ވަޤުތުން ކަށިތައް ހަރުވެ ގުޑުވައިވެސް ނުލެވުނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބިރުވެރި މަރެއް!: ނެށުމަށް ލޯބިކޮށް ނަށައި އުޅުނު އަންހެނަކު މަރުވުމުން ހަށިގަނޑު ނެށުމުގެ ޕޯސަކަށް ބަދަލުވެ ވަޤުތުން ކަށިތައް ހަރުވެ ގުޑުވައިވެސް ނުލެވުނު!

އަންހެނަކު މަރުވުމުން ހިނަވައިދޭން ގޮސްދިނުމަށް އެދުމުން ހިނަވާ މީހުން ގޮސްބެލިއިރު ހަށިގަނޑު އޮތީ އާދައާއި ޚިލާފް ގޮތަކަށެވެ. އެއްއަތް ބޮލަށްވުރެ މަތީގައި ހަރުވެފައެވެ. ދެވަނަ އަތް ﷲާޑަކަށް އުނގަނޑުގައި ޖައްސުވައިފައެވެ. އެއްފައިތިލަ ހުރީ ކޮޅަށް ތެދުވަން އުޅޭ ޒާތަކަށެވެ. އިނގިލިތަކުގެ ކޮޅު ވިއްދައިފައެވެ.  

ހިނަވަންދިއަ މީހުން އޭނާގެ ޢާއިލާގެ މީހުންނާއި ސުވާލުކުރުމުން ބުނީ މަރުވީ ބަލިވެ އުޅެފައިކަމަށާއި އަތާއި ފައި އެގޮތަށް ބަދަލުވީ މަރުވިފަހުން އެންމެންގެ ކުރިމަތީގައި ކަމަށެވެ.  

ހިމަވާ މީހުން އެކަންކަން ރަނގަޅުކުރުވައި ޙަރަމްބަންނުވަން އުޅެގެން އެކަމެއް ނުކުރެވުނެވެ. މަރުވިތާ އެންމެ 2 ގަޑިއިރުވީ މައްޔިތާ އޮތީ ހަރުއަރައިފައެވެ. ޝައިޚަށް ގުޅައި މަޢުލޫމާތު ދިނުމުން ވިދާޅުވީ މާތް ﷲ އަށް ވަކީލްކޮށް ހަށިގަނޑު އޮތްގޮތަށް ކަފުންކޮށް ވަޅުލުމަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! މަރުވިފަހުން އޭނާގެ ހަށިގަނޑު ބަދަލުވެގެން އެދިއައީ ނެށުމުގެ ޕޯސްއަކަށެވެ. (ނަށާއިރު ޖައްސާ ވައްތަރަކަށެވެ.) އެންމެ ކުޑަމިނުން ޙަރަމަށް އަތް އަތްއަރުވައިވެސް ނުލެވުނީއެވެ. ޤިޔާމަރްވުމުން ކައްވަޅުން ތެދުވަންޖެހޭނީ ކޮންޙާލެއްގައިކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟ ކައްވަޅުގައި އޮންނައިރު ދެއްވަވާނެ ޢަޛާބް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ހޫނުއަނގުރު އަލިފާންމަތީގައި ނަށަން ޖައްސަވައިފިނަމަ---- އަޢޫޛްބިﷲ! ޤިޔާމަތް ދުވަހު އިއްވަވާނީ ކޮންފަދަ ޙުކުމެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ ލޮލަސް ދައްކަވާ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމެވެ.


- މަޢުލޫމާތު: ޝައިޚް މުޙައްމަދު ނަޤްވީގެ ދަރުސަކުން

މިއަދު އޮންލައިން