ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިންޖިނިއަރިންގް އިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވައިލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިންޖިނިއަރިންގް އިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވައިލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދެ ދާއިރާއަކުން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އަށް ކިޔެވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރަށް ފުޅާކޮށް، ދިރާސީ ދާއިރާއިން މީހުން ބިނާކުރުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވާލި ފުރުޞަތުތަކެކެވެ.

އެމްއެންޔޫއިން ޕީއެޗްޑީއަށް ހުޅުވާލާފައިވާ ދެ ދާއިރާއަކީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޕްލައިޑް ސައިންސް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިންޖިނިއަރިންގް އެވެ. މި ދާއިރާތަކުން މަތީ ތަޢުލީމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައެވެ.

މި ކޯސްތަކަށް އެދި އެޕްލިކޭޝަން ފޯމާއި، ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮފޯޒަލް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 26 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ. ކޯސްތަކަށް އެޕްލައިކުރުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ އެ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

ޕްރޮފޯޒަލް ނުވަތަ ސްޓޭޓްމަންޓް އޮފް އިންޓެންޓް ތައްޔާރުކުރުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އަލްފާޟިލް އާދަމް ޚާލިދުއާ ގުޅުއްވުމަށް ޔުނިވަރސިޓީން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން 334545455 ނަންބަރު ފޯނާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯދޭނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މީގެ އިތުރުން، ކޯސްތަކާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބަޔަށް އީމެއިލް ކުރެއްވުމުން ނުވަތަ ހޮޓްލައިން ނަންބަރު 1445 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އަދި ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓް www.mnu.edu.mv އިންވެސް ކޯސްތަކުގެ ތަފްސީލު ފެންނަން ހުންނާނެއެވެ.

މިއަދު އޮންލައިން