ރޯދަމަހު ހޯޓާތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ހަަމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރޯދަމަހު ހޯޓާތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ހަަމަކޮށްފި

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން މިއަދު އާންމުކޮށްފިއެވެ. ކޮންމެ ރޯދަ މަހަކު ވެސް އާންމުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ވިޔަފާރިކުރާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތައް ހުޅުވިފައި ހުންނަ ގަޑިތަކަށް ސަރުކާރުން ބަދަލުތައް ގެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށެވެ. މީގެ އިތުރުން، ރޯދަ މަހަށްފަހު އަންނަ ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މިފަދަ ތަންތަން ކޮންމެ ދުވަހަކުވެސް ފަތިހު 4:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މުދާ ވިއްކާ ފިހާރަތަކަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަލާއިރު، މާދަމާ އިން ފެށިގެން ރޯދަ މަހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ކޮންމެ ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެއެވެ. މި ބަދަލަކީ ރޯދަ މަހު އާންމުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމަށް ގެނެވުނު ބަދަލެކެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ ހުރިހާ ވިޔަފާރިވެރިންވެސް ކަނޑައެޅިފައިވާ މި ގަޑިތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. ރޯދަ މަހަކީ އާންމުކޮށް ވިޔަފާރިތަކަށް ބާރުބޮޑުވާ މަހަކަށް ވުމާއެކު، މި ގަޑިތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ހޯދުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން